Saturday, 17 October 2026
Ads by

ގެއްލުނު 3 މީހުން ހޯދުމަށް 7000 އަށްވުރެ ގިނަ އަކަ މޭލުގެ ސަރަހައްދެއް ބަލައިފި

ގެއްލުނު 3 މީހުން ހޯދުމަށް 7000 އަށްވުރެ ގިނަ އަކަ މޭލުގެ ސަރަހައްދެއް ބަލައިފި

”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯނި ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނުގައި، މިހާތަނަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެމްއެންޑީއެފް އިން މިއަދު ދިން އަދާހަމަ މަޢުލޫމާތުގައިވާ ގޮތުން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާ ހިނގި ފަހުން ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހުއްޓުމެއް ނެތި ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.

މި ހާދިސާގައި އަޑިއަށް ގޮސްފައިވަނީ މުދާ އުފުލާ ސަޕްލައި ދޯންޏެކެވެ. ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ކަނޑުގެ ރާޅުތަކާއި މޫސުމީ ހާލަތަށް ބަލައިގެންނެވެ.

މިހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދޯނި އަޑިއަށް ގޮސްގެންނެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 22:40 އެހައިކަންހާއިރު އެވެ. މި ދޯނި ދަތުރުކޮށްފައިވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ފަތިހު ތ. މަޑިފުށިން ފުރައިގެންނެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ މުދަލާއެކު އަޑިއަށް ގޮސްފައެއެވެ. ދޯނީގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވާއިރު، ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އެމްއެންޑީއެފް އިން ބުނީ، ގެއްލުނު މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންވެސް މިކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި