Monday, 28 September 2026
Ads by

ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ސިންގަޕޫރުގެ ގައުމީ ދުވަހާ ގުޅިގެން، އެ ގައުމުގެ ރައީސަށާއި ބޮޑުވަޒީރަށް އަދި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

Ad Image
Ads by

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށާއި އެ ގައުމުގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ވަރުގަދަ ރަޙުމަތްތެރި ގުޅުމަކީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އިތުބާރާއި އިހްތިރާމާއި ސަރަޙައްދުގެ ސުލްހަމަސަލަސްކަމާއި ކުރިއެރުމަށް އުންމީދު ކުރާ އެކުވެރި ގުޅުމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާއިރު، މިދިޔަ އަހަރު ރައީސް ވަނީ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.

އެ ގައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި މަތީ ފަންތީގެ މަޝްވަރާތައް ބއްވަވައި، ޤާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއިން އެއްބަސްވުންތައް އެކުލަވާލާފައިވެއެވެ.

އެ ދަތުރުފުޅުގެ ހަވާސާގައި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދެ ޤައުމުގެ ދެއެއްހާ ވިޔަފާރިވެރިން ބައިވެރިވި މި ފޯރަމްގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

ސިންގަޕޫރުން ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ގައުމު މެލޭޝިއާއިން ވަކިވެ މިނިވަންވި ދުވަހެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރު ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
easha
'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
ihusaan
ރާއްޖެއަށް ބިދޭސީން މަސްތުވާތަކެތި އެތެރެކުރުން އެކީ ހުއްޓުވާނެކަމުގެ ޔަގީންކަން ވަޒީރު އިހުސާން ދެއްވައިފި
mnu
ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައިފި
download - 2026-09-27T202702
އދ. ގެ ދަތުރުފުޅު ނިންމަވާލައްވައި ނައިބު ރައީސް މާލެވަޑައިގެންފި
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Irasha ekimv
ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Irasha ekimv
ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި