ނ. ވެލިދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމައި، އެ ތަން ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕާކު ހުޅުވުމަށްޓަކައި ވެލިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ޕާކު ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި އާރު.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމްއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، މި ކޯޕަރޭޝަނުން ނ. ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް އަޙްމަދު… pic.twitter.com/yjXd9PulFI
— Road Development Corporation Ltd (@rdcmaldives) August 7, 2026
މި މަޝްރޫޢަކީ ރަށުގެ ކުޑަކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއްގައި ކުޅިވަރުކުޅެ، ހިތްހަމަޖައްސާލުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. އާރުޑީސީގެ ފަރާތުން މި ޕާކު ފަރުމާކޮށްފައިވަނީ ކުޑަކުދިންނަށް ބޭނުންވާނެ ތަފާތު ކުޅިވަރު ސާމާނުތަކާއެކުގައެވެ.

މި ޕާކު ހުޅުވުމާއެކު، ވެލިދޫގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ވަނީ ޕާކަށް ޒިޔާރަތްކޮށް، އެތަނުގެ ވަސީލަތްތަކުގެ ބޭނުން ހިފަން ފަށާފައެވެ. ރަށުގެ އިޖުތިމާޢީ ދިރުމަށް މިފަދަ ތަންތަން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރަށު ކައުންސިލުން ފާހަގަކުރެއެވެ.
އަތޮޅުތެރޭގައި ކުޑަކުދިންގެ ޕާކުތައް ތަރައްޤީކޮށް މިފަދަ މައިޒާންތައް ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ.













