އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫޘީން ދިން ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއްގައި ސަޢޫދީއަށް ކޯލިޝަނުން ވާގިވެރިވާ ޔަމަނު ސަރުކާރުގެ 38 އަށްވުރެ ގިނަ ސިފައިން މަރުވެ، 29 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
🔴 Houthi Missile and Drone Barrage Kills at Least 30 Yemeni Troops; Death Toll May Rise !
📍MARIB/HADRAMOUT, Yemen | August 7, 2026 | HewadPress — At least 30 Yemeni government soldiers were killed and dozens more wounded after Yemen’s Iran-backed Houthi movement launched a… pic.twitter.com/7F03NluFEm
— HewadPress (@HewadPress) August 7, 2026
ހޫޘީންގެ ޙަމަލާތައް އަމާޒުވީ މައުރިބްގެ އަލް-ރުވައިކް އަދި ހަޟްރަމައުތުގެ އަލް-އަބްރު އަދި އަލް-ވަދީއާގައި ހުރި އަސްކަރީ ކޭމްޕްތަކަށެވެ. މައުރިބްގައި ސިފައިންގެ ހެނދުނުގެ ”ފޯމޭޝަން“ އަށް ދިން މިސައިލް ޙަމަލާއެއްގައި އެކަނިވެސް 45 އަށްވުރެ ގިނަ ސިފައިން މަރުވެ އަދި ޒަޚަމްވިއެވެ.
ހޫޘިންގެ ތަރުޖަމާނު ޔަޙްޔާ ސަރީއު ބުނީ މި ޙަމަލާއަކީ ސަޢޫދީ ޢަރަބިއްޔާއިން ދޭން އުޅުނު ހަމަލާއަކުން ދިފާޢުވުމުގެ ގޮތުން ދިން ޙަމަލާއެއް ކަމަށެވެ. ޔަމަނުގެ ދިފާއީ ވުޒާރާއިން ވަނީ އެކަށީގެންވާ ވަގުތުގައި މި ޙަމަލާއަށް އަސްކަރީ ވަރުގަދަ ރައްދެއް ދޭނެކަމަށް ބުނެފައެވެ.













