Ads by
ޚަބަރު
އެމްޑީޕީއަކީ ނާކާމިޔާބީގައި ހިތްވަރުގަދަކޮށް, ތަފާތު ދައްކާނެ ޕާޓީއެއް: ރީކޯ މޫސަ 

އެމްޑީޕީއަކީ ނާކާމިޔާބީގައި ހިތްވަރުގަދަކޮށް, ތަފާތު ދައްކާނެ ޕާޓީއެއް ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަކީ ހިތްވަރުލައިގެން ވިސްނުންތެރިކަމާއެކު ސިޔާސީ މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. އަދި އެއީ ނާކާމިޔާބީގައި ހިތްވަރުގަދަކޮށް ކުރިއަށްދާ ޕާޓީއެއް ކަމަށާއި “އިރާދަކުރެއްވިއްޔާ މިމަހުގެ 30ވަނަދުވަހު އިންތިޚާބު ކާމިޔާބުކުރުމުގައި ފަސްޖެހުމެއް ނެތް, ބާރަށް ކުރިއަށް” ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިން އިތުރަށް ވަރުގަދަކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕާޓީއަށް ހެދިފައިވާ ބައެއް ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅުކުރައްވާފައިވާކަމަށްވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ރައީސް ޞާލިޙް މިހާރު ވަނީ މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފައްޓަވާފައެވެ. ރައީސް ޞާލިހްގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ދޮރުންދޮރަށް ކެމްޕެއިން ހަރަކާތްތަކެއް ފައްޓަވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *