Sunday, 27 September 2026
Ads by

އޮޑި ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ރުއީ ގްރެގޯރިއޯ ހަމަޖައްސައިފި

އޮޑި ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ރުއީ ގްރެގޯރިއޯ ހަމަޖައްސައިފި

ދިވެހި ފުޓުބޯޅައިގަ ވިދަމުންއަންނަ އޮޑި ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް، ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗެއް ކަމުގައިވާ ރުއީ ގްރެގޯރިއޯ މިއަދު ހަމަޖައްސައިފިއެވެ. މިއީ ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އެ ކުލަބުން އެޅި މުހިންމު ފިޔަވަޅެކެވެ.

Ad Image
Ads by

ރުއީ ގްރެގޯރިއޯއަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން އެފްރިކާގެ ފުޓުބޯޅައިގައި ވެސް ބޮޑެތި ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޕޯޗުގަލްގެ އެކި ޑިވިޝަންތަކުގެ ކުލަބުތަކާއި، ސައުދީ އަރަބިއްޔާ، އިންޑިއާ، ލުބުނާން، މިޔަންމާ އަދި އެންގޯލާގައި ވެސް މަސައްކަތްކޮށްފައެވެ.

ގްރެގޯރިއޯ އެންމެ ފަހުން ފެނިގެންދިޔައީ މިޔަންމާގެ ޑްރެގަން ސްޓާ ޔުނައިޓެޑްގެ ހެޑް ކޯޗުގެ ގޮތުގައެވެ. އޭގެ ކުރިން އޭނާ ވަނީ ލުބުނާނުގެ ސަލާމް ޒުގާތާ އާއި ގާނާގެ ބެރަކޫމް ޗެލްސީގެ ކޯޗުކަން ވެސް ކޮށްފައެވެ. މީގެއިތުރުން، ސައުދީ ޕްރޯ ލީގުގައި އަލް ތާވޫން ވާދަކުރިއިރު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން، އިންޑިއާގެ ބެންގަލޫރު އެފްސީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ތިން ސީޒަނެއްގައި އޭނާ ވަނީ ހޭދަކޮށްފައެވެ.

އޮޑި ސްޕޯޓްސް ކުލަބުން އައު ކޯޗެއް މި ހަމަޖެއްސީ މިހާރު ކުރިއަށްދާ ސީޒަނުގެ ދެ މެޗެއް ކުޅެފައިވަނިކޮށެވެ. އެ ދެ މެޗުގައި ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓަންޓް ކޯޗު އަހުމަދު ފައްރާހު (ފައްރަ) އެވެ.

ނިމިދިޔަ ސީޒަނަކީ އޮޑި ސްޕޯޓްސް ކުލަބަށް ކާމިޔާބު ސީޒަނެކެވެ. ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް، އެ ޓީމުން ވަނީ ދިވެހި ލީގުގެ ރަނަރަޕްކަން ހޯދައި، ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ކާމިޔާބުކޮށްފައެވެ. އޮޑިން ޕްރެޒިޑެންޓްސް ކަޕް އުފުލާލީ ފައިނަލުގައި، މުޅި ލީގުގައި ބަލިނުވެ އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރުމަށްފަހުއެވެ.

މިދިޔަ ސީޒަނުގައި އެ ޓީމަށް އިރުޝާދު ދިނީ ސްޕެއިންގެ އަންދްރޭސް ގާސިއާއެވެ. އޭނާ މިހާރު ވަނީ އެ ކުލަބުގެ އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެފައެވެ. އޮޑި ސްޕޯޓްސްގެ އުންމީދަކީ އައު ކޯޗު ރުއީ ގްރެގޯރިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ވެސް އިތުރު ކާމިޔާބީތަކެއް ހާސިލުކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި