Ads by
ޚަބަރު
މުޢިއްޒުގެ ވަޢުދެއް: ބިލެތްފަހީގެ އެއާޕޯޓް ނިންމައިދޭނަން

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ ށ. ބިލެތްފަހީގެ އެއާޕޯޓް ނިންމައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް ބިލެތްފައްސަށް ވަޑައިގެން ބޢްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ އެ ރަށުގެ ފަޅު ތެރޭގައި އެއާޕޯޓް ހިމެނޭ ގޮތަށް އުމްރާނީ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި ރައްޔިތުން އުއްމީދު ކުރައްވާ ގޮތަށް އެއާޕޯޓް ތަރައްގީ ކޮށްދޭނެ ކަމަށާިއ ރޭވިގެން ތަރުތީބުވެގެން މަސައްކަތް ފެށި ގޮތަށް އެކަން ނިންމައި ދޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އެ ރަށުގެ ފަޅުތެރޭގައި އެއާޕޯޓް ހިމެނޭ ގޮތަށް ރަނގަޅު އުމްރާނީ ތަރައްގީގެ އަދި އިގްތިސޯދީ ކުރިއެރުން ލިބޭފަދަ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ.

މީގެ އިތުރުން އެ ރަށުގެ ސިއްހީ ނިޒާމު ވަރުގަދަކޮށްދީ ޒުވާނުންނާ ގުޅޭ ކުޅިވަރު ފެސިލިޓީތައް ގާއިމުކޮށްދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަލިބެ5 މަސް ކުރިން

މިހިގާ ސަރުކާރުން ގައުމު ބަނގުރޫޓް ކޮއްލާފަ ވާނަމަ މުއީޒު ތިޔަ ކުރައްވާ ވައުދު ތަށްފުއްދާނެގޮތެއް ރައްޔިތުންނަށް ބުނެދީބަލަ.

0
0