Saturday, 17 October 2026
Ads by

ދޯނި ބަނޑުން ޖަހާލި ހާދިސާ: ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ދޯނި ބަނޑުން ޖަހާލި ހާދިސާ: ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ސިފައިންގެ މީހަކާއި، ފުލުހަކާއި، ދޯނީގެ ކައްޕި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯންޏަކަށެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދޯންޏަށް ރާޅު އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.

ހާދިސާ ހިނގިއިރު އެ ދޯނީގައި ޖުމްލަ އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، ދޯނި އަޑިއަށް ދިޔަ ވަގުތު ދޯނީގެ ކައްޕީގެ އިތުރުން، އެހީތެރިވުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުނު ސިފައިންގެ މީހަކާއި ފުލުހަކު ވަނީ ގެއްލިފައެވެ.

ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި މިހާރު ދަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން ސިފައިންގެ އެކި ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ. އަދި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ބޮޑު ސަރަހައްދެއް ބަލަމުންދާއިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހުއްޓުމެއްނެތި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި