Sunday, 27 September 2026
Ads by

އެމެރިކާއިން އައިއާރުޖީސީއާ ގުޅުން އޮންނަކަމަށް ތުހުމަތުކޮށް އިރާޤުގެ ’ފްލައި ބަޣުދާދު‘ އެއަރލައިނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި

އެމެރިކާއިން އައިއާރުޖީސީއާ ގުޅުން އޮންނަކަމަށް ތުހުމަތުކޮށް އިރާޤުގެ ’ފްލައި ބަޣުދާދު‘ އެއަރލައިނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި

ޢރާޤުގެ ބަޣުދާދުގައި ހުންނަ ފްލައި ބަޣުދާދު އެއާލައިންގެ އޮފީސް ބޭރުގައި މީހަކު ހުރި މަންޒަރު، ޖަނަވަރީ 23، 2024. (ރޮއިޓާސް/އަޙްމަދު ސަޢާދު)

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ޤުދުސް ފޯސްއަށް އެހީތެރިވެދޭ ކަމަށް ތުހުމަތުކޮށް، އެމެރިކާއިން އިރާޤުގެ އަމިއްލަ އެއަރލައިނެއް ކަމަށްވާ ’ފްލައި ބަޣުދާދު‘ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ރަސްމީކޮށް އުވާލައިފިއެވެ.
މި އެއަރލައިނާއި އެ ކުންފުނީގެ ދެ ބޯއިންގ 737 މަތިންދާބޯޓަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

Ad Image
Ads by

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އޮމާނުގައި ކުރެވެމުންދާ މަޝްވަރާތަކާ ދިމާކޮށް މި ފިޔަވަޅުތައް އުވާލުމަކީ، އެމެރިކާއިން އީރާނަށް ދިން ”ގުޑްވިލް“ ނުވަތަ ހެޔޮއެދުމުގެ އިޝާރާތެއް ކަމަށް ބައެއް ޑިޕްލޮމެޓުންނާއި މީޑިއާތަކުން ލަފާކުރި ނަމަވެސް، އެމެރިކާއިން ވަނީ މިކަން ދޮގުކޮށްފައެވެ. އެމެރިކާގެ ޓްރެޝަރީގެ އޮފިޝަލަކު ބުނީ، މިއީ އެ އެއަރލައިނުގެ އޮޕަރޭޝަންތަކަށް ގެނައި ހެޔޮ ބަދަލުތަކާ ގުޅިގެން އިދާރީގޮތުން ނިންމި ނިންމުމެއް ކަމަށާއި، މީގެ ސަބަބުން އީރާނާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މި ނިންމުމާއެކު، ފްލައި ބަޣުދާދަށް ބައިނަލްއަޤްވާމީ ބޭންކިންގ ޚިދުމަތްތަކާއި، އިންޝުއަރެންސް އަދި ބޯޓު މަރާމާތުކުރުމުގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދާނެއެވެ. ނަމަވެސް، ފްލައި ބަޣުދާދުގެ ވެރިޔާ އަދި ޗީފް އެގްޒެކެޓިވް ބަޝީރު ޢަބްދުލްކާޡިމް އަލްވާން އަލް-ޝައްބާނީގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދެމިއޮންނާނެ ކަމަށް ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ ކަނޑައަޅާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-27T002300
ރައީސް މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި
20260927_052909
އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި