Ads by
ޚަބަރު
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އަނެއްކާވެސް އެދިއްްޖެ 

ބޭސްފަރުވާ އަށް މިހާރު ރާއްޖޭން ބޭރުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހްމަދު އަދީބު އަށް ދެވުނު މުއްދަތު އިތުރު ކޮށްދިނުމަށް އަދީބްގެ ފަރާތްޕުޅުން އަނެއްކާވެސް އެދިއްޖެއެވެ.

Ads by Eki Online

ކަރެކްޝަންސް އިން ބުނީ، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދެއްވުމަށް އަދީބު އެދިވަޑައިގެންފައި ވާ ކަމަށާއި، އެ ހުށަހެޅުން ރިވިއު ކުރަމުން އަންނަ ކަމަށެވެ. އަދި މާދަމާއާ ހަމައަށް އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާ، އެ ނިންމުން ހާމަކުރާނެ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

ނުރައްކާތެރި ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށް ވިދާޅުވެ އަދީބު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ފުރުމުގެ ހުއްދަ އެ އިދާރާއިން ފުރަތަމަ ދީފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ. އެފަހަރު ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިޢާއަތްކޮށް، އޭނާއަށް ދެވިފައިވާ ހުއްދަ ވަނީ އިތުރުކޮށްދީފައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ.

އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *