Saturday, 24 October 2026
Ads by

އުތުރު ތިލަފަޅުގައި އެއްވެސް އިންޑިއާގެ އަސްކަރީ މީހަކު މިހާރަކު ނެތް : ޣައްސާން

އުތުރު ތިލަފަޅުގައި އެއްވެސް އިންޑިއާގެ އަސްކަރީ މީހަކު މިހާރަކު ނެތް : ޣައްސާން

އުތުރު ތިލަފަޅުގައި އެެއްވެސް އިންޑިއާގެ އަސްކަރީ މީހަކު ނެތް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅާ ގުޅޭ ގޮތުން ސުވާލުކުރުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ އެތަނުގައި އެއްވެސް އަސްކަރީ މީހަކު ނެތް ކަމަށެވެ.

އަޅުގަނޑުމެންގެ މައުލޫމާތުތަކުން ދައްކާ ގޮތުން އުތުރުތިލަފަޅުގައި އަސްކަރީ މީހަކު ނެތް،

– ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ 3 ބެޗަށް ބަހައިލައިގެން ދިވެހިރާއްޖެއިން ފައިބައިގެން ދިޔައީ އިންޑިއާގެ 76 ސިފައިން ކަމަށާއި ސިވިލިޔަނުން ވެސް ރާއްޖެއަށް އައީ އެ އަދަދަށް ކަމަށެވެ.

އުތުރުތިލަފަޅަކީ ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ގާއިމް ކުރަމުންދާ ފަޅެކެވެ. ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް ހަވާލު ކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމްއާއެވެ. މިކަމުގެ އެއްބަސް ވުމެއްގައި އިންޑިއާ އެކު ޑިފެންސް މިނިސްޓްރީން ސޮއިކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި