Sunday, 27 September 2026
Ads by

ރައީސް މުޢިއްޒަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް:މުޖުތަބާ

ރައީސް މުޢިއްޒަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް:މުޖުތަބާ

މާލެ ސިޓީ ކައުންސިލުން ހިންގި ޑިޖިޓަލައިޒޭޝަން މަޝްރޫޢާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް އެ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު މިއަދު ދޮގުކުރައްވައިފިއެވެ.

Ad Image
Ads by

މި މައްސަލައަކީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ކައުންސިލަރު ފާތިމަތު ޒަހިއްޔާ ހުށަހެޅުއްވި ކަންބޮޑުވުންތަކަކާ ގުޅިގެން ފެންމަތިވި ކަމެކެވެ. ކައުންސިލުން ނިންމާފައިވަނީ މި މަޝްރޫޢުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ، އެ މައްސަލަ އޭސީސީ މެދުވެރިކޮށް ތަހުގީގު ކުރުމަށް ޕީޖީ އޮފީހަށް ހުށަހެޅުމަށެވެ.

މިކަމާ ގުޅިގެން މުޖުތަބާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 9 މިލިއަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކުރި ”އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑް“ އާއި ރައީސް މުޢިއްޒާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނު މޭޔަރު ކަމުގައި ހުންނެވި އިރު، ކައުންސިލްގެ އެއްވެސް ޕްރޮކިއުމަންޓް މަސައްކަތަކަށް ނުފޫޒު ފޯރުއްވާފައި ނުވާނެ ކަމުގެ ޔަގީންކަން މުޖުތަބާ ދެއްވިއެވެ.

”މިއީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން، ހުރިހާ ކައުންސިލަރުންގެ ތާއީދާއެކު ކުރިއަށްގެންދިޔަ މަސައްކަތެއް. ކުންފުނި ހޮވާފައިވަނީ އާންމުކޮށް އިއުލާނުކޮށްގެން، އުސޫލުތަކުގެ ތެރެއިން،“ 2021 އިން 2023 އަށް އެސްޖީގެ މަގާމު ފުރުއްވި މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށް ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އެހެންކަމުން، ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅު ކޭލުމަށް ކުރާ މިފަދަ ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ނެތްކަން އޭނާ ހާމަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި