Ads by
ޚަބަރު
ރައީސް ނަޝީދާ ބައްދަލު ކުރައްވަން ރައީސް ޔާމީން ދެކޮޅު ހައްދަވައިފި

ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޔާމީން ބައްދަލު ކުރައްވަން ބޭނުންފުޅި ނުވި ކަން ކަރެކްޝަނަލް ސާވިސެސް އިން ހާމަކޮށްފިއެވެ.

Ads by Eki Online

ރައީސް ނަޝީދު ރައީސް ޔާމީންއާ ބައްދަލުކުރައްވަން ނިންމެވީ ވެރިކަމުގެ ނިޒާމަށް ބަދަލް ގެނައުމަށްޓަކައި ރައީސް ޔާމީންގެ ހިޔާލު ހޯއްދެއްވުމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިވަގުތަކީ އެންމެ މުނާސަބު ވަގުތު ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ، ރައީސް ނަޝީދާ ބައްދަލުކުރައްވަން ރައީސް ޔާމީން އިންކާރު ކުރައްވާފައިވާ ކަމަށެވެ. އަދިކަން މިހާރު ރައްޔިތުންގެ މަޖިލީހަށް އަންގައިފަައިވާ ކަަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

ރައީސް ނަޝީދު އިސްވެ ހުރެ ހިންގާ ޕާޓީ, ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންނުވުމުގެ ސަބަބުން ޑިމޮކްރެޓްސްއިން ޕީޕީއެމާ އެކު ކުރި މަޝްވަރާތައް ހުއްޓާފައިވާ ކަމަށެވެ. އަދި މިހާރު މަޝްވަރާތައް ކުރިޔަށްދަނީ ހަމައެކަނި އެމްޑީޕީއާއެކު ކަމަށް ވެސް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޓަކައި މީގެ ކުރިން އެމްޑީޕީގައި ހުންނެވި އިރު ވެސް ރައީސް ނަޝީދު ތަކުރާރުކޮށްވަނީ އެމްޑީޕީ މެމްބަރުންނަށް ހުށަހަޅުއްވައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *