Tuesday, 18 August 2026
Ads by

އުކުޅަހުގަ ތަރައްޤީކުރާ 50 ހައުސިން ޔުނިޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

އުކުޅަހުގަ ތަރައްޤީކުރާ 50 ހައުސިން ޔުނިޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

އއ. އުކުޅަހުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެރަށުގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މި މަޝްރޫޢުގެ ބިންގާ އެޅުމަށް އުކުޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވާ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ އިބްރާހިމް އަޒީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެށިގެންދިޔަ މުހިންމު މަސައްކަތެކެވެ. އުކުޅަހުގެ ހިއްކި ސަރަޙައްދުގައި ބިނާކުރާ މި 50 ހައުސިންގ ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އަލްޓެކް މޯލްޑިވްސްއާ ހަވާލުކުރި މި މަޝްރޫޢު އެއް އަހަރާއި ހަތް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.

އުކުޅަހުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ހިއްކި ސަރަޙައްދުން 50 ހައުސިންގ ޔުނިޓުގެ އިތުރުން 250 ގޯތިވެސް ދޫކުރުމަށް ނިންމަވާފައިވާ ކަމަށެވެ. ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހުގައި 2023 ވަނަ އަހަރު ވަނީ 13 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން އުކުޅަހުގެ ތަރައްޤީއަށްޓަކައި އިތުރު މަސައްކަތްތަކެއްވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން މަސްވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި އެރަށުގައި 5 ޓަނުގެ އައިސްޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގއާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Muththalib
ވިތު ހޯލްޑިންގ ޓެކްސް ބޮޑުކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް ފައިދާވާނެ: މުއްޠަލިބް
IMG_7970
ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތައް އެ ހޮސްޕިޓަލުން ކުށްވެރިކޮށްފި
Resort
ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި
IMG_7951
ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ސަޕްލައި ދޯނިން ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަން: މުޅި ކަނޑުގެ ސަރަޙައްދު ބަލައިފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ