Saturday, 24 October 2026
Ads by

ކަނޑުތަކުގެ ދިރުންތަކަކީ ރާއްޖޭގެ އިޤްތިޞާދީ މައިނާރު އެތަންތަން ރައްކާތެރިކުރަން ޖެހޭ: ރައީސް

ކަނޑުތަކުގެ ދިރުންތަކަކީ ރާއްޖޭގެ އިޤްތިޞާދީ މައިނާރު އެތަންތަން ރައްކާތެރިކުރަން ޖެހޭ: ރައީސް

ދިވެހިރާއްޖޭގެ ކަނޑުތަކާއި ފަރުތަކާއި މަސްވެރިކަމަކީ ހަމައެކަނި ގުދުރަތީ ހަޒާނާތަކެއް ނޫން ކަމަށާއި، އެއީ ޤައުމީ އިޤްތިޞާދުގެ މައިގަނޑު ތަނބުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ”ސިޑްސް-އެސްއޭއައި“ (SIDS-SAI) ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތާއި ”އައިޑީއައި ގްލޯބަލް ސަމިޓް“ ފެށުމަށް ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”އަޅުގަނޑުމެންގެ ފާގަތިކަމުގެ ބިންގަލަކީ ތިމާވެށި ރައްކާތެރިކުރުން. ކަނޑުތަކާއި، ފަރުތަކާއި، މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކަކީ ހަމައެކަނި ގުދުރަތީ ރީތިކަމެއް ނޫން، އެއީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ތަނބުތައް،“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ތިމާވެށި ހިމާޔަތްކުރުމަކީ އިޤްތިޞާދީ ތަރައްޤީއާ ވަކިކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ.

ޤައުމީ މި ރައުސްމާލު ރައްކާތެރިކުރުމަށްޓަކައި ހަމައެކަނި ތިމާވެށީގެ ވަޢުދުތަކެއްވުމުން ނުފުދޭނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަމަށްޓަކައި ހަރުދަނާ ވެރިކަމުގެ ނިޒާމަކާއި، ނަތީޖާ ނެރެވޭފަދަ ގޮތަކަށް ސިޔާސަތުތައް ތަންފީޒުކުރުމާއި، އާންމުންގެ ފާރަވެރިކަން ބޭނުންވާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަކީ ދާއިމީ ފާގަތިކަމަކަށް ބަދަލުވާނީ މި ހުރިހާ ކަމެއް އެކުލެވިގެން މަސައްކަތް ކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދައުލަތްތަކަށް (ސިޑްސް) ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެއްވެސް ޤައުމަކަށް އެކަނި މި ގޮންޖެހުންތަކާ ކުރިމަތިނުލެވޭނެ ކަމަށެވެ. ނަމަވެސް، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ވަކިވަކި ޤައުމުތަކުގެ ޤާބިލުކަމަށްވުރެ މާ ވަރުގަދަ ބާރެއް އުފެއްދިދާނެ ކަމަށް ވިދާޅުވިއެވެ.

އުކުޅަހުގައި ބޭއްވުނު މި ސިމްޕޯޒިއަމްއިން އުފެދުނު ގުޅުންތެރިކަމުގެ ރޫޙު، ކުރިއަށް އޮތް ގްލޯބަލް ސަމިޓްގައިވެސް ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވަމުން ރައީސް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި