Tuesday, 18 August 2026
Ads by

ނަޒާހަތްތެރިކަމާއި ޑިޖިޓަލް އީޖާދުތަކަކީ ޤައުމީ ވިލުންތެރިކަމުގެ ބިންގާ: ރައީސް ޑރ. މުޢިއްޒު

ނަޒާހަތްތެރިކަމާއި ޑިޖިޓަލް އީޖާދުތަކަކީ ޤައުމީ ވިލުންތެރިކަމުގެ ބިންގާ: ރައީސް ޑރ. މުޢިއްޒު

ޤައުމެއްގެ ވިލުންތެރިކަން ބިނާވެގެންވަނީ އެ ޤައުމެއްގެ ނަޒާހަތްތެރިކަން އިތުރުކޮށް، އައު އީޖާދުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ”ސިޑްސް-އެސްއޭއައި“ ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތާއި ”އައިޑީއައި ގްލޯބަލް ސަމިޓް“ ފެށުމަށް ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ޙަޤީޤީ ވިލުންތެރި ދައުލަތެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ހަރުދަނާ މުއައްސަސާތަކެވެ. އަދި ދައުލަތުގެ މާލީ ކަންކަން ޒިންމާދާރުކަމާއެކު ބެލެހެއްޓުމާއި، ހިންގުމުގެ ނިޒާމު ދެފުށްފެންނަ ގޮތަށް ބައްޓަންކުރުމަކީ ވިލުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަނޑިވަޅަކީ ދައުލަތްތަކުގެ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމު ވަގުތެއްކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދައުލަތުގެ މާލިއްޔަތަށް ދޭ ކޮންމެ ފައިސާއަކީ ކަނޑައެޅިފައިވާ މަޤުޞަދުގައި ހޭދަކުރެވޭ ފައިސާއަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ޖަވާބުދާރީވުމަކީ ހަމައެކަނި އިދާރީ ހިންގުމުގެ ބައެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމުގެ ކުރިއެރުމާ ގުޅިފައިވާ މައިގަނޑު އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (SIDS) ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިފަދަ ގިނަ ޤައުމުތަކަކީ ބޮޑެތި ދަރަނިތައް މެނޭޖުކުރަމުން މުސްތަޤުބަލަށް އިންވެސްޓްކުރަން ޖެހިފައިވާ ޤައުމުތަކެއް ކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ މައިދާނުގައި ހުރި ނުތަނަވަސްކަމާއި ފިއްތުންތަކާ އެކުގައިވެސް، ދިވެހިރާއްޖެއިން އަންނަނީ ޤައުމުގެ މުސްތަޤުބަލަށް އިންވެސްޓްކުރަމުން، އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް ސާބިތުކަމާއެކު އަދާކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިންގުމުގެ ނިޒާމު ޒަމާނީ ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޑިޖިޓަލް ވަޞީލަތްތަކުގެ އެހީގައި ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. މި މަޤުޞަދުގައި ސަރުކާރުން ފައްޓަވާފައިވާ ”މޯލްޑިވްސް 2.0“ އިނިޝިއޭޓިވް މެދުވެރިކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ޒަމާނީ ޑިޖިޓަލް ދައުލަތެއް ބިނާކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Muththalib
ވިތު ހޯލްޑިންގ ޓެކްސް ބޮޑުކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް ފައިދާވާނެ: މުއްޠަލިބް
IMG_7970
ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތައް އެ ހޮސްޕިޓަލުން ކުށްވެރިކޮށްފި
Resort
ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި
IMG_7951
ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ސަޕްލައި ދޯނިން ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަން: މުޅި ކަނޑުގެ ސަރަޙައްދު ބަލައިފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ