Saturday, 24 October 2026
Ads by

މެޑިކަލް ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

މެޑިކަލް ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ގައުމީ ޔުނިވަސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

Ad Image
Ads by

މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލްގެ އިތުރުން ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންގެ އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ޤައުމީ ޔުނިވަސިޓީން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

މި 2 މަޝްރޫއަކީ ވެސް ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެވެ.

މީގެ ތެރެއިން މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައި ވަނީ ޔުނިވަސިޓީން ދޭ ޑިޒައިނާ އެއްގޮތަށެވެ. އަދި ސްކޫލް އޮފް ނާސިން އާއި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި ވަނީ ޑިޒައިންނާއި ބިލްޑް އުސޫލުގެ ދަށުންނެވެ.

މި ދެ މަޝްރޫއުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ޖޫން މަހު 24 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މެޑިކަލް ސުކޫލަކީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރާ ތަނެކެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްގީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއް ގޮތަށް، ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާ އެކުއެވެ. ދެ އިމާރާތްވެސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އެހެންކަމުން ހުޅުމާލެއިން 5،700 އަކަމީޓަރުގެ ސަރަހައްދެއް ވަނީ އެކަމަށް ހަމަޖައްސައިފައެވެ.

އެމްއެންޔޫއިން ހާމަކުރި ގޮތުގައި މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް ޑިޒައިންކޮށްފައި ވަނީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ. މެޑިކަލް ޓޫރިޒަމަށްވެސް މަގުފަހިވާ ގޮތަށް އިމާރާތް ކުރާ އެ ސްކޫލާއި ހޮސްޕިޓަލުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކެއް ވަކިން ހުންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ