Monday, 14 September 2026
Ads by

ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ

ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ

މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މާތް މަގުސަދުގައި ނަރުހެއްގެ ގޮތުގައި ޚިދުމަތް ކުރަމުންދިޔަ އުމުރުން އެންމެ 24 އަހަރުގެ ޝައިހާ ފިކުރީ، މިއަދު މިވަނީ އަމިއްލަ ފުރާނަ ސަލާމަތްކުރުމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުންގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ.

Ad Image
Ads by

އުންމީދުން ފުރިގެންވާ ޒުވާން އުމުރުގައި ޝައިހާއާ ކުރިމަތިލާން ޖެހުނީ ހީވެސް ނުކުރާ ފަދަ ހިތްދަތި އިމްތިހާނަކާއެވެ. ފާއިތުވި ދެ އަހަރު ދުވަހު އޭނާ ހޭދަކުރަމުންދަނީ ކިޑްނީ ބަލީގެ ނުހަނު ވޭންދެނިވި ހާލަތެއްގައެވެ. ކިޑްނީ ބަލީގެ އެންމެ ފަހު މަރުހަލާ ނުވަތަ ”ސްޓޭޖް 5“ ގައި ހުރި ޝައިހާ، ހަފުތާއަކު ތިން ފަހަރު ޑަޔަލަސިސް ހަދަމުންދާއިރު، އޭނާގެ ފުރާނަ ސަލާމަތްކުރުމަށް އޮތް ހަމައެކަނި އުންމީދަކީ ކިޑްނީ ބަދަލުކުރުމެވެ.

މި އުންމީދުގެ އަލިކަން މިހާރު ވަނީ ފެންނަން ފަށާފައެވެ. ޝައިހާގެ ބައްޕަ ވަނީ އަމިއްލަ ދަރިފުޅަށްޓަކައި ކިޑްނީ ހަދިޔާކުރުމަށް ނިންމާފައެވެ. އޮޕަރޭޝަނަށް ބޭނުންވާ މުހިންމު ހުރިހާ ޓެސްޓުތަކެއް ނިމި، ބައްޕަގެ ކިޑްނީ ޝައިހާގެ ހަށިގަނޑާ ދިމާވާކަން (ކްރޮސްމެޗްވާކަން) މިހާރު ވަނީ ކަށަވަރުވެފައެވެ.

މި ނާޒުކު އޮޕަރޭޝަން ކުރުމަށްޓަކައި މި މަސް ނިމުމާއެކު އިންޑިއާއަށް ދިއުމަށް ޝައިހާ ދަނީ ތައްޔާރުވަމުންނެވެ. އޮޕަރޭޝަނުގެ ޚަރަދުތައް އާސަންދައިގެ ދަށުން ހަމަޖެހިފައިވީ ނަމަވެސް، ރާއްޖޭން ބޭރުގައި ހޭދަކުރަންޖެހޭ ދިގު މުއްދަތުގެ ހުރުމާއި، ކެއިންބުއިމުގެ އިތުރުން ދަތުރުގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަކީ އާދައިގެ އާއިލާއަކަށް އުފުލޭނެ މާލީ ބުރައެއް ނޫނެވެ.

ޝައިހާގެ ގާތް ރަހުމަތްތެރިއަކު މައުލޫމާތު ދިން ގޮތުގައި، ޝައިހާއަކީ ބަލިހާލަތުގައި ހުރެގެންވެސް ބަލިމީހުންނަށް ޚިދުމަތްކުރުމުގައި ނަމޫނާ ދެއްކި ކުއްޖެކެވެ.

”ޝައިހާ ޑަޔަލަސިސް ހަދަމުންވެސް ވަޒީފާއަށް ނުކުމެ ބަލިމީހުންނަށް އެހީވީ އޭނާގެ ހިތުގައިވާ އޯގާތެރިކަމެއްގެ ބޮޑުކަމުން. މިއަދު އޭނާ އެހީއަށް އެދި އާދޭސްކުރާ ހާލަތަށް ދިއުމުން ހިތް ފަޅައިގެންދޭ،“ އޭނާ ބުންޏެވެ.

ޝައިހާގެ ހަމައެކަނި އުންމީދަކީ މި ބަލިން އަވަސް ޝިފާއެއް ލިބި، އަލުން އެނބުރި އައިސް އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މާތް މަސައްކަތުގައި ދެމިހުރުމެވެ. މި ޒުވާން ނަރުސް ކުއްޖާއަށް އާ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ދީލަތި އެންމެހައި ފަރާތްތަކުގެ އެހީތެރިކަމަށް އާއިލާއިން އާދޭހާއެކު އެދެއެވެ.

Doctor Documents

ޝައިހާ ފިކުރީގެ މެޑިކަލް ރިޕޯޓް

 

އެހީތެރިކަން ފޯރުކޮށްދިނުމަށް:

ބޭންކް އޮފް މޯލްޑިވްސް (MVR): 7730000746589 (Shaiha Fikry)
ބޭންކް އޮފް މޯލްޑިވްސް (USD): 7730000630690 (Shaiha Fikry)

އަޅުގަނޑުމެންގެ ދުއާއަކީ މާތްﷲ ޝައިހާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވައި، އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އާމީން.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ހިޔަޅު އަބުދުއް ރަހުމާނު
ހިޔަޅު އަބުދުއް ރަހުމާނު
1 މަސް ކުރިން

މިއީ ދުނިޔެ ދައްކާ ހަގީގަތް

Ads by
ފަހުގެ ޚަބަރު
472483_f23f3663-7_
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގެންފި
20260913_215603
ތުރުކީގެ "މަގޭ ޢާއިލާ ރައްކާތެރި" ރެެއިޑް: ލާދީނީ އެލްޖީބީޓީ ހަރުކަށި ޖަމާޢަތްތަކަށް ނިސްބަތްވާ 26 މީހުން ހައްޔަރުކޮށްފި
b_202609140349441789382984
މީހުން ބަލަބަލާ ތިއްބާ ޓީވީއެއް ވަގަށް ނަގައިގެން ފިލައިފި
raeesoffice_presidentoffice2
ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި