Tuesday, 17 November 2026
Ads by

ޖުލައި މަހު 1.3 މިލިއަން ރުފިޔާގެ ސްކޭމް މައްސަލަ ރިޕޯޓުކޮށްފި: އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް

ޖުލައި މަހު 1.3 މިލިއަން ރުފިޔާގެ ސްކޭމް މައްސަލަ ރިޕޯޓުކޮށްފި: އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކަނިވެސް ޖުމްލަ 180 ސްކޭމް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ރައްޔިތުންނަށް ޖުމްލަ 1,368,844.56 (އެއް މިލިއަން ތިންލައްކަ ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ފަންސަހަަތަލަގަ) ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.

Ad Image
Ads by

ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5.8 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި ކޮންމެ މައްސަލައަކުން އެވްރެޖްކޮށް 7,604.69 ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. ނަމަވެސް، ފުލުހުންނާއި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ 46.41 އިންސައްތަ ނުވަތަ 635,271.17 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.

ޖުލައި މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. މި ބާވަތުގެ 78 މައްސަލަ (43.33 އިންސައްތަ) ރިޕޯޓުކޮށްފައިވެއެވެ. އެހެނިހެން މައްސަލަތަކުގެ ތަފްސީލަކީ:

•ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުން: 36 މައްސަލަ (20.00 އިންސައްތަ)

•އެހެނިހެން ސްކޭމްތައް: 26 މައްސަލަ (14.44 އިންސައްތަ)

•ބޭރު ފައިސާ މާރުކުރުން: 20 މައްސަލަ (11.11 އިންސައްތަ)

•އެހެން ފަރާތަކަށް ހެދިގެން އޮޅުވާލުން: 20 މައްސަލަ (11.11 އިންސައްތަ)

އޮންލައިންކޮށް ވިޔަފާރިކުރުމުގައި، ތަކެތި ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުނުކޮށް ކުރިއާލާ ފައިސާ ނުދެއްކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ’ކޭޝް އޮން ޑެލިވަރީ‘ އުސޫލަށް އިސްކަންދިނުމަށާއި، އާދަޔާހިލާފަށް އަގުހެޔޮކޮށް ހުންނަ މުދަލާމެދު ސަމާލުވުމަށް އެދިފައިވެއެވެ.

ބުކިންގ ރިފަންޑް ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި، ކަސްޓަމަރުން ފޮނުވާ ޕޭމަންޓް ސްލިޕްތަކަށް އެކަނި އިތުބާރު ނުކުރުމަށާއި، ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ލިބިފައިވާކަން ކަށަވަރުކުރުމަށް ވިޔަފާރިތަކަށް ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން، ނުރަސްމީ ގޮތެއްގައި ބޭރު ފައިސާ މާރުނުކުރުމަށާއި، ދަންނަ މީހެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ނަމަވެސް ފޯނުން ގުޅައި އެކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ.

ފުލުހުން ވިދާޅުވީ، ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ބޭންކަށާއި ފުލުހުންނަށް ރިޕޯޓުކުރުމަކީ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށެވެ. އެގޮތުން މުއާމަލާތުގެ ރަސީދުތަކާއި، ޗެޓް ލޮގްތައް ފަދަ ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި