Wednesday, 12 August 2026
Ads by

އަގުގެ މައްސަލައިގައި މިނިސްޓަރު ސައީދު މިފަހަރު އެމްޑީޕީއަށް ރައްދުދެއްވީ ވިޔަފާރިވެރިންގެ ބަހާއެކު

އަގުގެ މައްސަލައިގައި މިނިސްޓަރު ސައީދު މިފަހަރު އެމްޑީޕީއަށް ރައްދުދެއްވީ ވިޔަފާރިވެރިންގެ ބަހާއެކު

ތަކެތީގެ އަގު އުފުލެމުން ދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އަންނަ ހަފުތާގައި މުޒާހަރާއަށް ނުކުންނަން ތައްޔާރުވަމުންދާއިރު އެ ޕާޓީން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ވިޔަފާރިވެރިންގެ ބަހާއެކު ރޭ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ އެކްސްގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި ގައުމުގެ އިގްތިސާދީ އިތުބާރު ނަގާލުމަށް އިދިކޮޅު އެމްޑީޕީގެ އިސް ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކޮށް ބާޒާރަށް ނެރުމުގެ ސަބަބުން ދިމާވި އިގްތިސާދީ ދަތިތައް ފޫބެއްދުމަށް މި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރު ފެންނަމުން މިދާ އިގްތިސާދީ ހާލަތަކީ އެ ކުރީގެ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.

”ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި، ރާއްޖޭގެ ވިޔަފާރިތަކަށް ޓާގެޓްކޮށް، ގައުމީ އިގްތިސާދުގެ އިތުބާރު ނަގާލަން އެމްޑީޕީގެ އިސްފަރާތްތަކުން، ހާއްސަކޮށް ރާއްޖޭގައި ކުރީން ވެރިކަންކޮށްފައިވާ ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ. އެމްޑީޕީއަށް ލިބުނު ފުރުސަތުގައި މިއިން ކަމެއް ރަނގަޅުކުރަން ކުރި އެންމެ ކަމެއްވެސް ދައްކަވާ! ނެތް. ފައިސާ ޗާޕްކުރީ ވަކި ސުމާރެއް ބަލާނުލާ. ގޯހުގެ ފެށުމަކީ އެއީ. އެކަން ފޫބައްދަން މަސައްކަތް ފަށާ، ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަނިން ބައެއް ދައްކާ، ގައުމަށް ހަމަޖެހުން ގެންނަމުން ދަނިކޮށް އަނެއްކާ ތިޔަ ހައްދަވަނީ އަނެއް ގޯސް.“ އެ ވީޑިއޯއާއެކު މިނިސްޓަރު ސައީދު އެކްސްގައި ލިޔުއްްވާފައިވެއެވެ.

މި މައްސަލައިގައި ވިޔަފާރިވެރިންގެ ފަރާތުން ހިޔާލު ފާޅުކުރައްވަމުން ލިލީ އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ތަކެތީގެ އަގުތައް އުފުލެނީ ސަރުކާރުގެ ސިޔާސަތުތަކުން ނޫން ކަމަށާއި އެއީ މައިގަނޑު ގޮތެއްގައި ބައިނަލްއަގުވާމީ ފެންވަރުގައި ހިނގަމުންދާ ހަނގުރާމަތަކާއި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މުދާ އުފުލުމުގެ ހަރަދުތައް ބޮޑުވުމުން ދިމާވާ ކަމެއް ކަމަށެވެ.

މި ހަގީގަތްތައް ހާމަކުރައްވަމުން އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވެސް ވަނީ ބައެއް ބާވަތްތަކުގެ އަގުތައް ހިފެހެއްޓުމަށް ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައިފައެވެ.

ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ދަރަނި ދައްކައި، ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށްޓަކައި ފޮރިން އެކްސްޗޭންޖް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
d0955384-f0c1-4424-b42a-f7fa8ae48877
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް "އެއިމް" އިފްތިތާހުކޮށް، ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
fe9c8e92-f9fc-4588-8df6-837b2998f66d
ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެންމެ މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ޢުމްރާ ދަތުރެއް
MMA3
ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން 51 އިންސައްތަ އިތުރުކޮށްފި
02749754-cd2a-4709-bf79-523586cb51b9
އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ: ޝަރީފް
Ads by
މަގުބޫލު
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!