Saturday, 24 October 2026
Ads by

ކަސްޓަމްސްގެ ޤާނޫނީ ޒިންމާއާ ގުޅޭގޮތުން ފަތުރާ ނުރަނގަޅު ވާހަކަތަކަށް ކަސްޓަމްސްއިން ރައްދު ދީފި

ކަސްޓަމްސްގެ ޤާނޫނީ ޒިންމާއާ ގުޅޭގޮތުން ފަތުރާ ނުރަނގަޅު ވާހަކަތަކަށް ކަސްޓަމްސްއިން ރައްދު ދީފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޤާނޫނީ ޒިންމާ އަދާކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން، އެ މުއައްސަސާއިން ނޫސް ބަޔާނެއް ނެރެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ad Image
Ads by

ކަސްޓަމްސްއިން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު (ނަންބަރު 8/2011) ގެ ދަށުން އެ ސަރވިސްއާ މަތިކުރެވިފައިވާ ލާޒިމު ޒިންމާއެއް ކަމަށެވެ.

މި ޒިންމާ އަދާކުރުމުގެ ގޮތުން، ރާއްޖޭގެ ބަނދަރުތަކުގައި ޤާއިމުކޮށްފައިވާ ވަސީލަތްތައް ބޭނުންކޮށްގެން މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައި ފާސްކުރަމުންދާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ. އަދި ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޢާޔަތްކޮށް، މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެ ހާލަތެއްގައި، ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް އެ މުއައްސަސާއިން ވަނީ ދީފައެވެ.

ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ، ބޯޑަރުގައި މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ހިފެހެއްޓުމަށާއި، ދިވެހި ރައްޔިތުންނާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެ. އެހެންކަމުން، މި މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށްވެސް ބަޔާނުގައިވެއެވެ.

މި ބަޔާން ނިންމާލަމުން ކަސްޓަމްސްއިން ވަނީ، އެ މުއައްސަސާގެ ޤާނޫނީ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަޞައްވުރެއް އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި