Ads by
ޚަބަރު
ރޮޒައިނާގެ ރައްދު އީވާއަށް: ރީ-ރެޖިސްޓްރީ ކުރާ މީހުން ގިނަވުމަކީ ހަމަ އެހާ ހައިރާންވާންޖެހޭ ކަމެއްތޯ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ކުރި މީހުންގެ އަދަދު ކުއްލިއަކަށް މަތިވުމަކީ ހަމަ އެހާ ހައިރާންވާންޖެހޭ ކަމެއްތޯ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޖިލީހުގެ ނާއިބު ރައީސާ އީވާ އަބްދުالله އާ ސުވާލުކުރައްވައިފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ދެ ދުވަސްތެރޭ 25،493 މީހުން ވަނީ ރީރަޖިސްޓަރުކުރަން އެދި ހުށަހަޅައިފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅުގެ ގިނަ ބަޔަކު ނުރުހުންފާޅުކުރަމުންދާއިރު އިވާ ވަނީ ފުރަތަމަ ބުރަށްވުރެ މި ބުރުގައި ކުއްލިއަކަށް އަދަދުތައް އިތުރުވުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިންގައި ރިޝްވަތު ދިނުމާއި ކޮރަޕްޝަނާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ކަންކަން ހިމެނޭތީ، މިކަމަކީ ބަލަން ޖެހޭ ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ.

އީވާގެ ވާހަކަ ތަކަށް ރައްދުދެއްވައި ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ, ރީ ރެޖިސްޓާ ވި މީހުންގެ އަދަދު މަތިވުމަކީ ހަމައެހާ ހައިރާންވާންޖެހޭ ކަމެއްތޯ ސުވާލު ކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ެއަހްމަދް ރަސީދު8 މަސް ކުރިން

ބޮޑު އަނގަ. މީހާގެ އަގު ވެއްޓިފައި. ދެން އަގު އަރާނެ ޖަމެއް ދުވަހެއް ނޭގޭ.

0
0