Saturday, 24 October 2026
Ads by

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ”ރިވެލި އެވޯޑް 2026“ އަށް ކުރިމަތިލާން ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ”ރިވެލި އެވޯޑް 2026“ އަށް ކުރިމަތިލާން ހުޅުވާލައިފި

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ ”ރިވެލި އެވޯޑު 2026“ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ad Image
Ads by

އެވޯޑަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހާކީ 30 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިތްވަރު ދިނުމާއި އެފަރާތްތަކުގެ ލާބައަށް މަސައްކަތްކުރާ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ މި އެވޯޑަށް ހަ ދާއިރާއަކުން ކުރިމަތިލެވޭނެއެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ރާއްޖެއަށް ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޖަމުއިއްޔާތަކާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.

މި އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތަކުން ނޮމިނޭޓް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

މި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި އެޕްލިކޭޝަނުގައި ބަޔާންކުރާ ކަންތައްތަކުގެ ސައްހަކަން އަންގައިދޭ ލިޔުންތަކާއި ވަނަވަރާއި އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ.

މީގެ އިތުރުން ނޮމިނޭޓް ކުރާނަމަ އެ ފަރާތުގެ ސިޓީއަކާއި ކަމާ ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތައް ހެކިކޮށްދޭ ދެ ފަރާތެއްގެ ލިޔުން ވެސް ހުށަހަޅަންވާނެއެވެ. އެވޯޑު ދެވޭ ފަރާތްތައް ކަނޑައަޅާނީ މިނިސްޓްރީން އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

އެވޯޑަށް އެދި ހުށަހަޅާ ފޯމާއި އުސޫލުތައް ހެލްތު ނިސްޓްރީގެ ވެބްސައިޓް health.gov.mv އިންނާއި  އުމަރު ޒާހިރު އޮފީސް ބިލްޑިން އިންނާއި، އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.

ފުރިހަމަ ކުރެވިފައިވާ ލިޔުންތައް 30 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ހެލްތު މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އީމެއިލް disability@health.gov.mv މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި