Wednesday, 9 September 2026
Ads by

އަހަރެމެންގެ ވަށައިގެން ހުރި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް: ޚުޠުބާ

އަހަރެމެންގެ ވަށައިގެން ހުރި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް: ޚުޠުބާ

މިއަދުގެ ޚުޠުބާގައި ބުނީ އަހަރެމެންގެ ވަށައިގެން ހުރި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް ކަމަށް - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތަކުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނެފައި ވަނީ ﷲ سبحانه وتعالى މަޢުރިފާކޮށް ދެނެގަތުމަކީ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރެއިންވާ ކަމެއް ކަމަށެވެ. އަދި އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމުގެ އެއް ނަތީޖާއަކީ އެކަލާނގެއަށް ފުރިހަމަ ގޮތުގައި އީމާންވުމުގެ ފޮނި މީރުކަން ލިބުން ކަމަށެވެ. މީހަކު ކަމަކަށް އީމާންވާ ކަމުގައި ވާނަމަ އެއްވެސް ޝައްކު ކަމެއް ނެތި ޔަޤީންކަމާ އެކު އެކަމެއް ޤަބޫލު ކުރުމުން މެނުވީ އީމާންވީ ކަމުގައި ނުވާ ކަމަށެވެ.

މާތް ﷲ އަށް އީމާންވާ މީހާ، އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކަށް ހިތުގައި އެއްވެސް ޝައްކު ކަމެއް ނެތި ތެދުކޮށް ޔަޤީންކަމާ އެކު ޤަބޫލުކޮށް، އީމާން ވާން ޖެހޭ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ އެކަލާނގެ ވޮޑިގެންވާ ކަމަށް އީމާންވުން ކަން ފާހަގަކޮށް ޚުޠުބާގައި ބުނީ މިއީ ހުރިހާ ރަސޫލު ބޭކަލުންގެ ރިސާލަތުގައި އަސާސް ކަަމަށެވެ.

ކަލަކު ވޮޑިގެންވާ ކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި ﷲ سبحانه وتعالى ލައްވާފައިވާ ކަމެއް ކަމަށެވެ. އަދި އިންސާނީ ނަސްލުގެ ދިގު ތާރީޚުގެ ހޯދުންތަކަށް ނަޒަރު ހިންގާލާއިރު، ބޮޑެތި ޙަޟާރަތްތަކުން ފެށިގެން ގޮސް ފަރުބަދަ ހޮހޮޅަތަކާއި ޖަންގަލިތަކުގައި ދިރިއުޅުނު، އިންސާނީ ޙަޟާރަތްތަކާ ވަކިވެފައިވާ ޤަބީލާތަކަށް ބެލިކަމުގައި ވީނަމަވެސް، އިންސާނުން ފެނިފައި ވަނީ ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަލަކަށް އީމާންވާ ބައެއްގެ ގޮތުގައި ކަމަށެވެ.

ހުކުރު ޚުޠުބާގައި ބުނި ގޮތުގައި މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށް ޓަކައި، ކަލަކު ވޮޑިގެންވާ ކަމުގެ ކައުނީ ޙަޤީޤަތާ މެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފައި ކަމުގައެވެ. އެ ފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފިނަމަ ކޮންމެ މީހަކަށްމެ އެނގޭނެ ކަމުގައެވެ. އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް ކަމުގައެވެ. ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލު ނުކުރާ ކަމުގައެވެ. ފެންނަންހުރި މި ހެކިތަކާމެދު ވިސްނާ ފިކުރު ކުރުމަށް ޤުރްއާނުގެ އެތައް ތަނެއްގައި ﷲ تعالى ވަނީ އަންގަވާފައި ކަމުގައެވެ.

ކަލަކު ވޮޑިގެންވާ ކަމުގެ އަނެއް އަލިގަދަ ހެއްކަކީ އަހަރެމެންނާއި މި ޢާލަމު ވުޖޫދުގައިވުން ކަމުގައި ފާހަގަކޮށް މިއަދުގެ ޚުޠުބާގައި ބުނީ ޚަލްޤު ކުރެވިފައިވާހާ އެއްޗަކަށް ”ޢާލަމޭ“ ކިޔައި ނަންދެވިފައިވާއިރު މި ތަކެއްޗަކީ ﷲ تعالى ވޮޑިގެންވާ ކަމުގެ ޢަލާމާތްތައް ކަމަށެވެ. ވުޖޫދުގައިވާ ކޮންމެ އެއްޗެއްމެ ވުޖޫދުކުރި ފަރާތެއް ވާނެ ކަމީ ސަލާމަތް ބުއްދިހުރި ކޮންމެ އިންސާނަކު ގަބޫލުކުރާނެ ހަޤީގަތެއް ކަމަށެވެ.

ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއް ކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއް ނޫން ކަމަށް ހުކުރު ޚުޠުބާގައި ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި