Sunday, 27 September 2026
Ads by

ވަޒީރު ދެއްވީ ކަމަދޫ އާއި ކުޑަރިކިލު މިސްކިތް ކަނޑައެޅިފައިވާ މުއްދަތަށް ނިމޭނެކަމުގެ ޔަޤީންކަން

ވަޒީރު ދެއްވީ ކަމަދޫ އާއި ކުޑަރިކިލު މިސްކިތް ކަނޑައެޅިފައިވާ މުއްދަތަށް ނިމޭނެކަމުގެ ޔަޤީންކަން

ބ. ކަމަދޫ އާއި ކުޑަރިކިލުގައި އަލަށް ބިނާކުރާ މިސްކިތްތަކުގެ މަސައްކަތް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ.

Ad Image
Ads by

ވަޒީރު މި ޔަޤީންކަން ދެއްވީ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، އެ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާ މިސްކިތްތަކުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ކަމަދޫ މިސްކިތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ ކުރިންވެސް މިސްކިތެއް ހުރި ބިމެއްގައި ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކޮށް، އީދު ޗުއްޓީއާ ހަމައަށް މިސްކިތް ބަހައްޓައިދިނުމަށް ކައުންސިލުން އެދިފައިވާތީ އެ ފުރުޞަތު ދެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އީދު ޗުއްޓީ ނިމުމާއެކު، ޖޫން 21 ގައި އެތަން ތަޅާލައި ސާފުކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

ވަޒީރު ޝަހީމް އިތުރަށް ވިދާޅުވީ، ކަމަދޫ މިސްކިތުގެ ގިބުލަ ޖެހުމުގެ މަސައްކަތް ޖޫން 26 ގައި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ޖުލައި 7، 2026 ގައި އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

”މިހާރު ކުރިއަށްދަނީ ތަނބުތައް ކޮންކްރީޓްކުރުމުގެ މަސައްކަތް. އެ މަސައްކަތް ނިންމަން ދިން 540 ދުވަސްތެރޭގައި ނިމޭނެ،“ ވަޒީރު ވިދާޅުވިއެވެ.

ކަމަދޫގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މި މިސްކިތަކީ އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަންއާ 2025 ވަނަ އަހަރުގެ ނޮވެމްބަރުގައި ހަވާލުކުރި މަޝްރޫޢެކެވެ. މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމާއި، ލައިބްރަރީ، ކުލާސްރޫމް އަދި ސޯލާ ނިޒާމު ހިމެނޭނެއެވެ.

ކުޑަރިކިލު މިސްކިތުގެ މަސައްކަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، 500 މީހުންގެ ޖާގައިގެ އެ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކުންފުންޏާ ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކަށް ގެންނަ އިޞްލާޙީ ބަދަލުތަކާއެކު ބައެއް އިދާރީ ލަސްތަކެއް އުޅުނު ނަމަވެސް، އޮގަސްޓް 15، 2026 ގައި އެ މިސްކިތުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ފެނަކައިން މަޢުލޫމާތު ދީފައިވާ ގޮތުގައި 365 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެއެވެ.

މީގެ އިތުރުން، އއ. ރަސްދޫގައި ބިނާކުރާ މިސްކިތުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންގެ އެދުމުގެ މަތިން އެ މިސްކިތުގެ ޖާގަ 1000 އަށް އިތުރުކޮށް، ޑިޒައިނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ 25 މިލިއަން ރުފިޔާ މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި