މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބާއްވާ ހަވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ފާހަގަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ޤައުމީ ތަރައްޤީގެ ކަންކަން ދިރާސާތަކުގެ މައްޗަށް ބިނާކޮށްގެން ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސިޔާސަތުތަކުގެ ދަށުން، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށާއި، ޢިލްމީ ހޯދުންތަކާއި އީޖާދީ ވިސްނުންތައް ބޭނުންކޮށްގެން ޤައުމީ ފެންވަރުގެ ނިންމުންތައް ނިންމުމަށް އިސްކަންދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސިމްޕޯޒިއަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ޤައުމީ ތަރައްޤީގެ ކަންކަން ދިރާސާތަކުގެ މައްޗަށް ބިނާކޮށްގެން ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. މި ސިޔާސަތުތަކުގެ ދަށުން، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށާއި ޢިލްމީ ހޯދުންތަކާއި އީޖާދީ ވިސްނުންތައް ބޭނުންކޮށްގެން ޤައުމީ ފެންވަރުގެ ނިންމުންތައް ނިންމުމަށް އިސްކަންދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ރާއްޖޭގެ ކަނޑުފަޅުން ލިބެންހުރި އިޤްތިޞާދީ ފައިދާތައް ފުރިހަމައަށް ހޯދުން ކަމަށާއި ކުރިއަށް އޮތް ދެ ދުވަހު ބޭއްވޭ މި ސިމްޕޯޒިއަމްގެ ތެރެއިން ހުށަހެޅޭ ޢިލްމީ މަސައްކަތްތަކަކީ ރާއްޖޭގެ ކަނޑުގެ ސިޔާސަތުތައް އެކުލަވައިލުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ސައިންޓިފިކް ހޯދުންތަކުގެ އެހީގައި، ރާއްޖެއަށް ޙައްޤުވާ ފުރިހަމަ އިޤްތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށް މި ގޮތުން ބަލާއިރު، މި ސިމްޕޯޒިއަމްގައި ހުށަހެޅޭ ޢިލްމީ މަސައްކަތްތަކަކީ ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރިއަށް އޮތް ދެ ދުވަހު މި ސިމްޕޯޒިއަމްގެ ތެރެއިން ބަދަލުކުރެވޭ މަޢުލޫމާތާއި ޢިލްމީ ހޯދުންތަކަކީ، ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ބޭނުންކުރުމަށް އެކުލަވައިލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން – ވަޒީރު ޝިޔާމް
ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް، ކަނޑުގެ ދިރުންތަކާ ގުޅޭ މަޢުލޫމާތު މުއްސަނދިކުރުމުގެ އިތުރުން، އެ ދާއިރާއިން ޤާބިލު ސައިންސްވެރިން ބިނާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގެ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް ކަމަކަށް ހެދުމަކީ ސަރުކާރުގެ އުންމީދެއް ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ މިއަދު ސައިންޓިފިކް ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ މާދަމާގެ ޖީލުތައް ކަނޑުފަޅުގެ މާޙައުލު ރައްކާތެރިކުރުމަށް ތައްޔާރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަކީ ހަމައެކަނި ޢިލްމު އުނގެނުމުގެ ފުރުޞަތެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ކަނޑުފަޅުގެ ކަންކަމުގައި އިސްނަގާނެ ލީޑަރުން އުފެއްދުމަށް ލިބޭ ބާރެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.













