Sunday, 26 July 2026
Ads by

މާލޭގައި ފެން ބޮޑުވުން ހައްލުކުރަން މަޝްރޫއެއް

މާލޭގައި ފެން ބޮޑުވުން ހައްލުކުރަން މަޝްރޫއެއް

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ:އާރުޑީސީ

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް މަޝްރޫއެއް ފަށައިފިއެވެ.

Ad Image
Ads by

ވެސްޓްޕާކުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އިފުތިތާހު ކޮށްދެއްވާފައި ވަނީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ.

‏މި ރަސްމިއްޔާތުގައި ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ.ޢަބްދު ﷲ މުއްޠަލިބާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ބްްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) ޢަލީ ޒުހައިރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅުންނާއި ސަރުކާރު އިސް ފަރާތްތަކުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަޝްރޫއަކީ މާލޭގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި ލޯކަލް ގަވަރންމަންޓް މިނިސްޓްރީން ސިފައިންނާ ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫއު އާރުޑީސީ އާ ހަވާލުކޮށްފައި ވަނީ ސިފައިންގެ ފަރާތުންނެވެ.

މި މަޝްރޫއުގެ ދަށުން ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށަން ނިންމާފައި ވަނީ ވެސްޓް ޕާކު ސަރަހައްދުންނެވެ.

އާރުޑީސީން ބުނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ވެސްޓްޕާކް ސަރަހައްދުގައި އުފެދޭ ފެން ބޭރުކުރަން ހަރުކުރަން ޖެހޭ ވަސީލަތްތައް ހަރުކުރާނެ ކަމަށާއި ވެސްޓްޕާކް ސަރަހައްދުގެ އިތުރުން އެހެން ސަރަހައްދުތަކުގައި ވެސް މައްސަލަ ހައްލު ކުރަން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި