Saturday, 17 October 2026
Ads by

ގެއްލުނު ދެ ބިދޭސީން ހޯދުމަށް 3580 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބަލައިފި

ގެއްލުނު ދެ ބިދޭސީން ހޯދުމަށް 3580 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބަލައިފި

ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމަށްޓަކައި، ކަނޑާއި ވައިގެ މަގުން މިހާތަނަށް 3580 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ބަންޑުން ޖަހާލާފައިވަނީ ”ލިއޯ ޕާލް“ ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ. މި ހާދިސާ ހިނގި އިރު އޭގައި ތިބި މީހުންގެ ތެރެއިން 2 ބިދޭސީއަކު ވަނީ ކަނޑަށް ގެއްލިފައެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، އެ މީހުން ހޯދުމުގެ މަސައްކަތް ހާދިސާ ހިނގި ވަގުތުން ފެށިގެން މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގެ ތަފްސީލްތަކަށް ހާމަކޮށްފައިވާއިރު، ކޯސްޓްގާޑް ޝިޕް ’ޢިމާދުއްދީން‘ އާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް ބޭނުންކޮށްގެން ކަނޑުގެ 441 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް މިހާތަނަށް ބަލާފައިވާ ކަމަށްވެއެވެ. މީގެ އިތުރުން، ކޯސްޓްގާޑުގެ ހުނަރުވެރި ޑައިވަރުން ވަނީ ކަނޑުގެ އަޑިން 675,120 އަކަ މީޓަރުގެ ސަރަޙައްދެއް ބަލައި ފާސްކޮށްފައެވެ.

މި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމަށް ވައިގެ މަގުންވެސް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެމްއެންޑީއެފުން ވަނީ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުންނާއި، ކައިރި ރަށްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ގެއްލިފައިވާ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް އެމްއެންޑީއެފުން އެދިވަޑައިގަންނަވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި