Saturday, 24 October 2026
Ads by

ރައީސްގެ ވައުދު ފުއްދައިފި: އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެއިން ފައިބައިފި

ރައީސްގެ ވައުދު ފުއްދައިފި: އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެއިން ފައިބައިފި

ފޮޓޯ: މީސް މީޑިއާ

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެއިން ފައިބައިފިއެވެ،

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. އެ މަނިކުފާނު ވަނީ މި މަހުގެ 10ގެ ކުރިން އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެއީ ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ގޮތަށް އެޅި ފިޔަވަޅެކެވެ.

އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. 2 ވަނަ ބެޗު ދިޔައީ މިދިޔަ މަހުއެވެ. އެއީ 51 ސިފައިންނެވެ. ބާކީ ތިބި ހުރިހާ ސިފައިން މިއަދު ވަނީ ގެންގޮސްފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރާއްޖޭގައި އެންމެ ފަހުން ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް އަނބުރާ އެ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ބާއްވާ ހައިލެވެލް ކޯރ ގްރޫޕްގެ ބައްދަލުވުންތަކެއް ވެސް މިކަމާއި ގުޅޭގޮތުން މީގެކުރިން ވަނީ ބާއްވާފައެވެ. ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ ރާއްޖޭގައި އޮޕަރޭޓު ކުރާ އިންޑިއާ އުޅަނދުތަކަށް ސިފައިންގެ ބަދަލުގައި މަދަނީ މީހުން ލުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި