Wednesday, 12 August 2026
Ads by

އިރާނުގެ މައްސަލައިގައި ޓްރަމްޕްގެ އިންޒާރެއް!

އިރާނުގެ މައްސަލައިގައި ޓްރަމްޕްގެ އިންޒާރެއް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްބުނެ، ފާއިތުވި ފަސް މަސްދުވަހުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް މިއީ ތެހެރާނަށް ލިބޭނެ ”ފަހު ފުރުސަތު“ ކަމަށް އިންޒާރު ކުރައްވައިފިއެވެ.

Ad Image
Ads by

ނަމަވެސް، އިރާނުން ވަނީ ވޮޝިންގްޓަނާއެކު އެއްވެސް މަޝްވަރާއެއް ކުރަމުންދާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. ތެހެރާނުން ހާމަކުރި ގޮތުގައި، އެ ގައުމުން މަޝްވަރާ ކުރަމުންދަނީ ހަމައެކަނި އޮމާނާ އެކުގައެވެ. އެއީ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުންނެވެ.

މި މައްސަލައިގައި އިރާނުގެ އިސް އަސްކަރީ މުޝީރު މުހްސިން ރިޒާއީ ވިދާޅުވީ، އެމެރިކާއިން އިރާނާ ދެކޮޅަށް ކުރިއަށްގެންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދުކުރުން ކުރިއަށް ގެންދާނަމަ، އެމެރިކާގެ އުޅަނދުފަހަރާއި ސިފައިންނަށް ”ނުރައްކާތަކާއި ބޮޑެތި ގެއްލުންތަކާ“ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ ”ބޯޑް އޮފް ޕީސް“ އިން ބުނެފައިވަނީ އިސްރާއީލުން ގާޒާއިން ފޭބުމުގެ ކުރިން ހަމާސް ޖަމާއަތުން ފުރިހަމައަށް ހަނގުރާމަ ހުއްޓާލާ އަމާންދޭން ޖެހޭނެ ކަމަށެވެ.

ފަލަސްތީނުގެ މަސްރަހަށް ބަލާއިރު، އިސްރާއީލު ސިފައިން ގާޒާ ސިޓީއަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުން ގާޒާއަށް ދެމުންދާ މެދުކެނޑުމެއް ނެތް ހަމަލާތައް ކުށްވެރިކޮށް ގަތަރާއި، މިސްރު އަދި ތުރުކީވިލާތުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ ގައުމުތަކުން ވަނީ އިސްރާއީލުގެ އުދުވާންތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
d0955384-f0c1-4424-b42a-f7fa8ae48877
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް "އެއިމް" އިފްތިތާހުކޮށް، ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
fe9c8e92-f9fc-4588-8df6-837b2998f66d
ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެންމެ މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ޢުމްރާ ދަތުރެއް
MMA3
ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން 51 އިންސައްތަ އިތުރުކޮށްފި
02749754-cd2a-4709-bf79-523586cb51b9
އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ: ޝަރީފް
Ads by
މަގުބޫލު
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!