Ads by
ޚަބަރު
ސަރުކާރުން އުޅެނީ ރިޔާސީ އިންތިހާބު ވަގަށް ނަގަން: އިދިކޮޅު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވަގަށް ނަގަން ސަރުކާރުން އުޅޭކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. ކުމުންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް ސަރުކާރުން ހުލުވާލި ދެ ދުވަހުގެ ތެރޭގައި މިހާތަނަށްވެސް 25 ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރިކޮށްފައި ވާކަމަށެވެ.

އަދި އެއީ ގަބޫލުކުރެވޭ އަދަދެއް ނޫން ކަމަށާއި، 7 ދުވަސް ތެރޭގައިވެސް ފުރަތަމަ ބުރުގައި 20 ހަސް މީހުނަށްވެސް ރަޖިސްޓްރި ކުރެވިފައި ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

“މީ އަޅުގަނޑުމެން ގަބޫލުކުރެވޭ އަދަދެއް ނޫން. މީ ގަސްތުގަ އޮޅުވާލައިގެން ނުބައި ނަންނަމުގަ ފޯމުތައް ވައްދައިގެން ކުރަމުން ގެންދާ ވަރަށްބޮޑު ވައްކަމެއް” އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުުރުން މިމަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުން އެމްޑީޕީ ބަލިވުމުން 2018 ގައި ކަންކުރިގޮތައް މި އިންތިޙާބު ވަގަށް ނެގުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރައްވަމުން ގެންދަވާ ކަމަށާއި އެ ފުރުސަތު ނުދިނުމަށް އަދުރޭ ވަނީ އާންމުންނަށް ގޮވާލާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރަށްރަށުގައި އުޅުއްވާ ރައްޔިތުން އެމީހުން ވޯޓުލަމަށް ކަނޑައެޅިފައިވާ ފޮއްޓެއް ޔަގީން ކުރުމަށް ބަލަން ކުރަންޖެހޭ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *