Saturday, 24 October 2026
Ads by

ތަކެތީގެ އަގާ ގުޅޭގޮތުން އެމްޑީޕީން ފަތުރާ ދޮގު މައުލޫމާތު މިނިސްޓަރު ސައީދު ތަފްސީލް ކޮށްދެއްވައިފި

ތަކެތީގެ އަގާ ގުޅޭގޮތުން އެމްޑީޕީން ފަތުރާ ދޮގު މައުލޫމާތު މިނިސްޓަރު ސައީދު ތަފްސީލް ކޮށްދެއްވައިފި

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ކޮންމެ އަހަރެއްގެ އޯގަސްޓް 12 އަދި 13 އާ ދިމާކޮށް އެމްޑީޕީން ސިޔާސީ ހަލަބޮލިކަން އުފައްދަން މަސައްކަތްކުރާ ކަމަށެވެ. އަދި މިފަހަރު އެ ބޭފުޅުން ބޭނުންކުރައްވާ ހަތިޔާރަކީ ތަކެތީގެ އަގު ބޮޑުވުމުގެ ”ދޮގު“ ޚަބަރުތައް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތެލުގެ އަގު: އަވަށްޓެރި ގައުމުތަކަށްވުރެ ހެޔޮ

ތެލުގެ އަގާ ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތަށް ބަލާއިރު، ރާއްޖޭގައި ތެލުގެ އަގު ހުރީ ވަރަށް އެކަށީގެންވާ މިންވަރެއްގައި ކަމަށެވެ.

”އެސްޓީއޯގެ ޕަމްޕް ސްޓޭޝަންތަކުން މިއަދު ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ލިބޭއިރު، ސިންގަޕޫރުގައި މީގެ އަގު އުޅެނީ 40.09 ރުފިޔާގައި. އަދި އިންޑިއާގައި 18.08 ރުފިޔާއަށް ޕެޓްރޯލް ލިބޭއިރު ރާއްޖޭގެ އަގު މާ ހެޔޮ،“ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑީސަލްގެ އަގަށް ބަލާއިރު، ރާއްޖޭގައި ލީޓަރެއް 17.57 ރުފިޔާއަށް ލިބެން ހުރިއިރު، ސިންގަޕޫރުގައި ޑީސަލް ލީޓަރެއްގެ އަގު 41.63 ރުފިޔާގައި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އާންމު ކާބޯތަކެތީގެ އަގު ބާޒާރުގައި ހުރި މިންވަރު

އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރާ ޕޯސްޓުތަކުގައިވާ އަގުތަކާއި ބާޒާރުގެ ހަގީގީ އަގުތަކާ ބޮޑު ތަފާތެއް ހުރިކަން މިނިސްޓަރު ތަފްސީލީ ގޮތެއްގައި ހާމަކުރެއްވިއެވެ.

•ކުޑަކުދިންގެ ކާނާ: އިދިކޮޅުން 575 ރުފިޔާއަށް ވިއްކާ ކަމަށް ބުނާ ކުޑަކުދިންގެ ކިރުދަޅު (ލެކްޓޯޖަން 300ގ) އެމްއެޗްއޭ އިން 130 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

•ކިއުކަމްބާ: 105 ރުފިޔާއަށް ކިއުކަމްބާ ކިލޯއެއް ލިބޭ ކަމަށް ބުނާއިރު، ރެޑްވޭވް ފަދަ ފިހާރަތަކުން 35 ރުފިޔާއަށް ކިއުކަމްބާ ލިބެން އެބަހުއްޓެވެ.

•ކިރު: ޑަޗްލޭޑީ ކިރު ޕެކެޓެއް 44 ރުފިޔާއަށް ލިބޭ ކަމަށް ބުނާއިރު، އެސްޓީއޯ އިން އަމުލް ކިރު 30 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

•މަހާއި އެހެނިހެން ތަކެތި: ފަރުމަސް ކިލޯއެއް 150 ރުފިޔާއަށް ލިބޭ ކަމަށް ބުނާއިރު،މިފްކޯއިން 135 ރުފިޔާއަށް ލިބެން ހުރިކަމާއި، އޮލިވް އޮއިލް ލީޓަރެއްވެސް ވިލާ މާޓުން 150 ރުފިޔާއަށް ލިބެން ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ހާލަތާއި ސިޔާސީ މަގްސަދު

މިނިސްޓަރު ސައީދު ވިދާޅުވީ، މާކެޓް މެނިޕިއުލޭޓްކޮށް ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ސިޔާސީ ބޭނުމަކަށް ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ. އަދި މިހާރުގެ އިގްތިސާދީ ދަތިތަކަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބިލިއަނުން ފައިސާ ޗާޕުކޮށް، ދަރަނި ބޮޑުކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެއް ކަމަށްވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

”ދިވެހިންނަށް ގަސްތުގައި ލަނޑުދީ، ގައުމަށް ދެރަގޮތްތައް ވުމަށް އެދިގެން މިފަދަ ވާހަކަތައް ދެއްކުމަކީ ހިތާމަހުރި ކަމެއް. ގައުމުގެ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން، ރާއްޖެއަށް އިންވެސްޓްމަންޓްތައް އައުމަށް ހުރަސްއަޅައި، ރެސިޑެންސީ ވިސާ އާއި ބޭންކިންގެ ހިދުމަތްތަކަށް ފާޑުވިދާޅުވަމުންދާއިރު، އެ ބޭފުޅުންނަށް ނުކުރެވުނު ކަންތައްތަކުގެ ވާހަކަ ދެއްކެވުން މާ ރަނގަޅުވާނެ،“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހި އިގްތިސާދު ހަމަ މަގަށް އަޅުވައި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި