Sunday, 27 September 2026
Ads by

ކުންފުނިތައް ފުނޑާލަން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުވީ އާ އީދަކަށް: ސުޖާއު

ކުންފުނިތައް ފުނޑާލަން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުވީ އާ އީދަކަށް: ސުޖާއު

އެމްޑީޕީގެ ތެރޭގައި އުފެދުނު ބާރުވެރިކަމުގެ ހަނގުރާމައާއި، އެ ޕާޓީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބަކީ ސަރުކާރުގެ ކުންފުނިތައް ހަލާކުކޮށްލުމަށް ލިބިގެންދިޔަ ”އީދެއް“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ، ކުންފުނިތަކަށް މުވައްޒަފުން ނުބައްދަލު މިންވަރަށް އިތުރުކުރުމާއި، އެއްވެސް އުސޫލެއް ނެތި ”ފީނިފީނި“ އަށް ވަޒީފާތައް ދިނުމާއި ޕްރޮމޯޝަން ދިނުމުގެ ސަގާފަތެއް ފެށިގެން ދިޔައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ތެރޭގައި ކަމަށެވެ. އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ވެގެން ދިޔައީ ކުންފުނިތައް ހަލާކުކޮށްލާ ކުންފުނިތަކުގެ ޒަމާން ދުއްވާލުމަށްޓަކައި ލިބިގެން ދިޔަ އާ އީދަކަށް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ސުޖާއު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުން ފައްޔާޒް އިސްމާއިލް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އިމްތިޔާޒް ފަހުމީ ވާދަކުރެއްވި އެ އިންތިޚާބުގައި، ބާރުވެރިކަން ހޯދުމަށްޓަކައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ.
ޚާއްޞަކޮށް، ރަށްރަށުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ ބްރާންޗްތަކަށް ބޭނުން ނުވާ މިންވަރަށް މުވައްޒަފުން ވައްދައި، އެންމެ ތާއީދު ބޮޑީ ކާކުތޯ ބެލުމުގެ ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން އެ ކުންފުނި ”ފުނޑުފުނޑުކޮށްލާފައިވާ“ މަންޒަރު ފެނިގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު ވިދާޅުވި ގޮތުގައި، މި ކަންކަމަކީ ހަމައެކަނި ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި، އޮޑިޓް ރިޕޯޓްތަކުން ވެސް މި ހަގީގަތްތައް ފެންނަން އެބަހުރި ކަމަށެވެ. ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ގޮސް، ހިންގުން ބޮއްސުންލައިގެން ދިޔައީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ހިންގި މިފަދަ އަމަލުތަކުގެ ސަބަބުން ކަމަށް ސުޖާއު ތުހުމަތު ކުރެއްވިއެވެ.

ސުޖާއު ވަނީ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ކުންފުނިތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި