Sunday, 27 September 2026
Ads by

އަމީނީ މަގުން ފެންނަނީ ކުރީ ސަރުކާރުގެ ފެންވަރު، މި ސަރުކާރުގެ ފެންވަރު ބޮޑުތަކުރުފާނު މަގުން ފެންނާނެ: މުއްތަލިބު 

އަމީނީ މަގުން ފެންނަނީ ކުރީ ސަރުކާރުގެ ފެންވަރު، މި ސަރުކާރުގެ ފެންވަރު ބޮޑުތަކުރުފާނު މަގުން ފެންނާނެ: މުއްތަލިބު 

މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ފެންވަރު މާލޭގެ ބޭރުމަގުން ފެންނަން ހުންނާނެ ކަމަށާއި، އަމީނީ މަގުގެ މަސައްކަތުން ފެންނަމުން ދަނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދިޔައީ، އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު އިންޑިއާއިން މެނުއަލް މެޝިނެއް ގެނެސްގެން ކަމަށެވެ.

އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދަން ނިންމީ ކޮން އުސޫލަކުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އަމީނީ މަގުގެ އެ ސެގްމަންޓުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި، ނަމަވެސް މަގު ބަންދުކޮށްފައި ނުބޭއްވުމަށްޓަކައި އެ މަސައްކަތް ނިންމުމުގެ ފުރުސަތު ދެއްވީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އާރުޑީސީން އަމިއްލައަށް ތާރުއެޅުމުގެ ގާބިލުކަން ހުރި ކަމަށް ބަލައިގެން ކުރި މަސައްކަތުގެ ނަތީޖާ މިއަދު އަމީނީ މަގުން ފެންނަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިދިކޮޅަށް، މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ފެންވަރު ރައްޔިތުންނަށް ސާފުކޮށް ފެންނާނެ ކަމަށާއި އޭގެ މިސާލަކަށް މާލޭގެ ބޭރުމަގު ހިމެނޭ ކަމަށް ވެސް މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި