Saturday, 24 October 2026
Ads by

ކިހާދުއާއި ކުޑަރިކިލުގެ ފެނާއި ނަރުދަމާ އަންނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ނިންމަނީ

ކިހާދުއާއި ކުޑަރިކިލުގެ ފެނާއި ނަރުދަމާ އަންނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ނިންމަނީ

ބ. ކިހާދޫއާއި އެ އަތޮޅު ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމައި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ދެ ރަށުގެ މަސައްކަތް ވެސް މިހާރު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ކަމަށެވެ. އެ މަޝްރޫޢުތައް ކުރިން ހަވާލުކޮށްފައި އޮތީ ފެނަކަ ކޯޕަރޭޝަނާ ކަމަށާއި، ނަމަވެސް އެ ކުންފުނިން އެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތުމުން، އެއްބަސްވުންތައް ބާތިލުކޮށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކިހާދޫގެ މަސައްކަތް ފެނަކައާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު 40 މިލިއަން ރުފިޔާއަށެވެ. މަސައްކަތުގެ 16 އިންސައްތަ ނިމުނު ފަހުން އިތުރު ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮތީ، މަސައްކަތް ހަވާލުކުރި އަގަށްވުރެ ބޮޑު އަގެއްގައި ސަބްކޮންޓްރެކްޓް ކުރަން ޖެހުމުން ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު އެމްޑަބްލިއުއެސްސީން އަމަލީ މަސައްކަތް ފަށާފައިވާއިރު، ދެ ރަށުގެ މަސައްކަތުން މިހާތަނަށް 10 އިންސައްތަ ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތެވެ.

މި މައްސަލައާ ގުޅިގެން ވަޒީރު އިތުރަށް ވިދާޅުވީ ފެނަކައާ 20 ރަށެއްގެ ފެނާއި ނަރުދަމާ މަސައްކަތް ހަވާލުކޮށްފައި އޮތް ނަމަވެސް، އެފަދަ މަޝްރޫޢުތައް ހިންގުމުގެ ފަންނީ ތަޖުރިބާ އެ ކުންފުނީގައި ނެތް ކަމަށެވެ. އަދި މަސައްކަތްތައް ސަބްކޮންޓްރެކްޓް ކުރުމުގައި މާލިއްޔަތު ޤަވާއިދާ ޚިލާފުވެފައިވާކަން ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ޔަގީންކޮށްދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި