Ads by
ޚަބަރު
މިހާތަނަށް 25,000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވުމަށް ފޯމު ހުށަހަޅައިފި
ފޮޓޯ: އީސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 25,000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅައިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން(އީސީ) އިން ހާމަކޮށްފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަން، ފުރަތަމަ ދުވަހު 9,206 މީހުން ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެވަނަ ދުވަހު 16,287 ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 25,493 ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝާނުން ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ސެޕްޓެމްބަރު 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓަރީވުމަށް އިތުރު ފުރުސަތެއް ހުޅުވާނުލެވޭނެ ކަމަށެވެ. ރީ-ރެޖިސްޓަކުރުމުގެ މުއްދަތު ހަމަވާނީ މިއަދު 4:00 ގައެވެ.

“ދެން ވަގުތެއް ވެސް އިތުރުކޮށް ނުދެވޭނެ” ހަބީބު ވިދާޅުވިއެވެ.

ދެ ވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓަ ވުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 10،271 މީހުން ރީ-ރެޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި އަދި 1546 ފޯމެއް ރިޖެކްޓް ވެސް ވެފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

“ރީ-ރަޖިސްޓްރީ ކުރަން، ދެވަނަ ބުރުގައި ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1,546 ފޯމު ރިޖެކްޓް ވެފައިވޭ. ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ،” ހަބީބު ވިދާޅުވިއެވެ.

ވޯޓުލުމަށް ރީ-ރެޖިސްޓަކުރި ފަރާތްތަކާއި ނުކުރާ ފަރާތްތަކުން ވެސް އެ މީހަކު ވޯޓުލާ މަރުކަޒު ޗެކުކުރުމަށް އިލެކްޝަން ކޮމިޝަން އިން އިލްތިމާސް ކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *