Sunday, 27 September 2026
Ads by

އައްޑޫ ލިންކްރޯޑުގައި ތާރުއަޅަން އިތުރު ބަޔަކާ ހަވާލުކުރަނީ

އައްޑޫ ލިންކްރޯޑުގައި ތާރުއަޅަން އިތުރު ބަޔަކާ ހަވާލުކުރަނީ

އައްޑޫ ސިޓީގެ ލިންކްރޯޑުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށްޓަކައި އައު ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ލިންކްރޯޑުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ސަރުކާރުން މެޝިނަރީޒް ހޯދައިގެން ކަމަށެވެ. އަދި އެ މަޝްރޫޢު ވީހާވެސް ޚަރަދު ކުޑަކޮށް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، މަސައްކަތް ހަވާލުކޮށްފައިވަނީ ސީދާ ކޮސްޓް ޕްރައިޒްގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢު ފުރިހަމައަށް ނިންމުމަށް ގާތްގަނޑަކަށް 400 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަޒީރު ލަފާކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ މަގު ސާފުކުރުމުގެ މަސައްކަތެވެ. އައްޑޫ ލިންކްރޯޑުގައި ތާރު އެޅުމުގެ މަސައްކަތް ވަކި ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެހެނިހެން މަގުތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ އާރްޑީސީންނެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫ، ފޭދޫ، އަދި މަރަދޫ ހިމެނޭ ގޮތަށް ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ އިތުރުން މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުން ހިމެނެއެވެ. ލިންކްރޯޑު އަލުން ތަރައްޤީ ކުރުމުގެ ތެރެއިން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމާއި، މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނެގުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މަޝްރޫޢުގެ ތެރެއިން މަގުތަކުގައި ދުވާރު ހެދުމާއި، މަގުމަތީގެ ނިޝާންތައް ހަރުކުރުމާއި، ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި