Sunday, 27 September 2026
Ads by

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތަށް އާރުޓީއެލް ބަސް ރޫޓުތަކަށް ބަދަލު ގެނެސްފި

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތަށް އާރުޓީއެލް ބަސް ރޫޓުތަކަށް ބަދަލު ގެނެސްފި

މާލޭގެ އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން، މިއަދުން ފެށިގެން އާޓީއެލް ބަހުގެ ރޫޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

Ad Image
Ads by

އެމްޓީސީސީން ނެރުނު ނޯޓިސްއެއްގައިވާ ގޮތުން، އަމީނީމަގު ހެދުމުގެ މަސައްކަތް އަލުން ފެށިފައިވާތީ، ކަސްޓަމަރުންގެ ލުއިފަސޭހައަށްޓަކައި ބަސް ދަތުރުތަކަށް ވަނީ އަންނަނިވި ބަދަލުތައް ގެނެސްފައެވެ:

ބަސް ރޫޓުތަކަށް އަންނަ ބަދަލުތައް:

R7, R3, R1 އަދި R15 ރޫޓު: މާލޭގައި މި ރޫޓުތަކުގެ ބަސްތައް މަޑުކުރާނެ އެންމެ ފަހު ސްޓޮޕަކީ މާފަންނު ބަސް ޓާމިނަލްއެވެ.

R10 (އޯކިޑް ރޫޓް): މި ރޫޓުގެ ދަތުރުތައް ފެށުމާއި ނިންމުން ވަނީ ވެސްޓް ޕާކް ބަސް ސްޓޮޕަށް ބަދަލުކޮށްފައެވެ.
މަގު ބަންދުވުމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލް، ސޯޝަލް ސެންޓަރ އަދި އައިޖީއެމްއެޗް ބަސް ސްޓޮޕްތަކަށް މި ރޫޓުން ދޭ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.‘

R11 (އަމީނީ ރޫޓް): އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ވަގުތު މި ރޫޓުގެ ޚިދުމަތް މުޅިން މެދުކަނޑާލެވޭނެއެވެ.

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތަށް އާރުޓީއެލް ބަސް ރޫޓުތަކަށް ގެނައި ބަދަލުތައް

 

އެމްޓީސީސީން ބުނިގޮތުގައި މި ބަދަލުތަކަކީ މަގު ހެދުމުގެ މަސައްކަތް ސަލާމަތީގޮތުން ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ގެނެވުނު ބަދަލުތަކެކެވެ. މި ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

ބަސް ދަތުރުތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އަމީނީމަގު އަލުން މަރާމާތުކުރަން ޖެހިފައިމިވަނީ މިދިޔަ އެމްޑީޕީ ސަރުކާރުން 84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ދަށް ފެންވަރުގައި އަމީނީމަގު ހެދުމުގެ ސަބަބުން މަގަށް 1 އަހަރު ނުވަނީސް މުޅި މަގުގެ އެތަން މިތަނުގައި ވަޅުގަނޑުހެދި މަގުން ދަތުރުކުރާ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅިފައިވާތީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-27T002300
ރައީސް މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި
20260927_052909
އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި