Sunday, 27 September 2026
Ads by

އަމީނީމަގު މަރާމާތުކުރުމަށް މަގުގެ ބައެއް ބަންދުކޮށްފި

އަމީނީމަގު މަރާމާތުކުރުމަށް މަގުގެ ބައެއް ބަންދުކޮށްފި

މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ މަގުގެ ބައެއް ސަރަހައްދުތައް އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

Ad Image
Ads by

އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ އަމަލީ މަސައްކަތް ފެށީ 2026 އޮގަސްޓް 2 ވާ އާދީއްތަ ދުވަހުއެވެ. މި މަސައްކަތަށް މަގު ތައްޔާރުކުރުމުގެ ގޮތުން، ރޭ މެންދަމު 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް، އާންމު ދަތުރުފަތުރަށް އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތަށް އެސަރަޙައްދު ބަންދުކުރަން ހަމަޖެހިފައިވާ ގޮތް

މަގު ބަންދުކުރުމުގެ ކުރިން ފުލުހުން ވަނީ، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް 2026 އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ 00:00 ގެ ކުރިން އެ ސަރަހައްދުން ނެންގެވުމަށް އިލްތިމާސްކޮށްފައެވެ. މި ބަދަލާ ގުޅޭ ޓްރެފިކް ޗާޓުވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

މި މަސައްކަތަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މަގު ބަންދުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަމީނީމަގު އަލުން މަރާމާތުކުރަން ޖެހިފައިމިވަނީ މިދިޔަ އެމްޑީޕީ ސަރުކާރުން 84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ދަށް ފެންވަރުގައި އަމީނީމަގު ހެދުމުގެ ސަބަބުން މަގަށް 1 އަހަރު ނުވަނީސް މުޅި މަގުގެ އެތަން މިތަނުގައި ވަޅުގަނޑުހެދި މަގުން ދަތުރުކުރާ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅިފައިވާތީއެވެ. މިއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކޮށް ރައްޔިތުންނަށްވީ ބޮޑު ޚިޔާނާތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-27T002300
ރައީސް މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި
20260927_052909
އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި