Ads by
ޚަބަރު
ރައީސް ޞާލިޙްއަށް ތާއީދު ހޯއްދެވުމަށް ފަޒްނާ ވިލިމާލެއަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ހޯއްދަވަން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިލިމާލޭގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށް ގެންދަވައިފިއެވެ.

Ads by Eki Online

މި ހަރަކާތުގައި ފަޒްނާ ވަނީ ވިލިމާލޭގެ އެކި ގެތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ހާލު ބައްލައްވާލައްވާފައެވެ.

ވިލިމާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު އެމްޑީޕީން ކުރިއަށް ގެންގޮސްފައިވާއިރު ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ޖަގަހަ ޖަލްސާއެއް މިރޭ މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން ކުރި ހޯއްދެވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *