Saturday, 24 October 2026
Ads by

ވީއައިއޭ މެދުވެރިކޮށް ޓްރާންޝިޕްމަންޓް މުދާ އުފުލައި، އައު ރެކޯޑެއް ގާއިމުކޮށްފި

ވީއައިއޭ މެދުވެރިކޮށް ޓްރާންޝިޕްމަންޓް މުދާ އުފުލައި، އައު ރެކޯޑެއް ގާއިމުކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް މުދާ އުފުލައި، ތާރީޚީ އައު ރެކޯޑެއް ގާއިމުކޮށްފިއެވެ.

Ad Image
Ads by

އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ވީއައިއޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރުން ވަނީ އާ ރެކޯޑެއް ހަދާފައެވެ. މިއީ ރާއްޖޭގެ ސީ-ޓު-އެއަރ (ކަނޑުން ވައިގެ މަގަށް) އަދި އެއަރ-ޓު-އެއަރ (ވައިގެ މަގުން ވައިގެ މަގަށް) އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު ވަނީ މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައިވާކަމަށާއި، މިއީ އެއަރޕޯޓުގެ ދިގު ތާރީޚުގައި މިފަދަ ބޮޑު މިންވަރަކަށް މުދާ އުފުލި ފުރަތަމަ ފަހަރު ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި މި ނަތީޖާއާއެކު މީގެ ކުރިން ވީއައިއޭއިން ގާއިމުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް އައު ކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މީގެ އިތުރުން ސީ-ޓު-އެއަރ ޚިދުމަތަށް ބަލާއިރު، ނިމިދިޔަ ޖުލައި މަހު އެކަނިވެސް 621 ޓަނުގެ މުދާ ވަނީ ރާއްޖެ މެދުވެރިކޮށް ބޭރަށް ފޮނުވާފައި ކަމަށާއި، މިއީ މި ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރު ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އައު ރެކޯޑާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ އިތުބާރު ހުރި ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާކަމަށާއި، ސަރުކާރުން އިގްތިސާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިފަދަ ކުރިއެރުންތަކަކީ ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމްއޭސީއެލުން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި