Saturday, 24 October 2026
Ads by

ވެމްކޯއާ ހަވާލުކުރި 34 ރަށުގެ ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ވެމްކޯއާ ހަވާލުކުރި 34 ރަށުގެ ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައިވާ ރަށްތަކުގެ ކުނިކޮށި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

Ad Image
Ads by

ވެމްކޯއާ ހަވާލުކޮށްފައިވަނީ ޖުމްލަ 34 ރަށެއްގެ ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރ އިސްމާޢީލު އުބައިދު ވިދާޅުވީ، އެ ކުންފުންޏާ ހަވާލުކުރެވުނު ރަށްތަކުގެ ތެރެއިން 90 އިންސައްތަ ރަށެއްގައި މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މިހާރު މޮބިލައިޒްކޮށް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ނަމަވެސް ބައެއް ރަށްރަށުގައި މަސައްކަތް ފެށުން ލަސްވަމުންދާކަން ފާހަގަކުރައްވައި އުބައިދު ވިދާޅުވީ، އެއީ އެ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ކުނިކޮށި އެޅުމަށް ވަކި ބިމެއް ކަނޑައަޅާފައި ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުމެއް ކަމަށެވެ. މި މައްސަލަ ހުރި ރަށްތައް ފިޔަވައި އެހެން ހުރިހާ ރަށެއްގައި މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ވަށާޖެހޭ ނިޒާމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މި ބިޔަ މަޝްރޫޢުގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތައް ކަމަށްވާ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާ 110 ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އަމިއްލަ ކުންފުނިތަކާ 19 ރަށެއްގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުތައް ނިމުމުން، ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި