Saturday, 24 October 2026
Ads by

މަޖީދީމަގު ނަޖިސް ކަނޑަކަށް: އެމްޑީޕީ މެޖޯރިޓީ ސިޓީކައުންސިލް ގަދަ ނިދީގައި!

މަޖީދީމަގު ނަޖިސް ކަނޑަކަށް: އެމްޑީޕީ މެޖޯރިޓީ ސިޓީކައުންސިލް ގަދަ ނިދީގައި!

މާލޭގެ މައި މަގު، މަޖީދީމަގުގައި ހުރި ނަރުދަމާ ޖަންކްޝަނެއް ފުރިގެން ނަޖިސް ބޭރުވާން ފެށުމާއެކު، އެ ސަރަހައްދު ބޭނުންކުރާ އާންމުން ބަލިމަޑުކަމެއްގެ ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިއްޖެއެވެ.

Ad Image
Ads by

މި މައްސަލަ ކުރިމަތިވެފައިވަނީ މަޖީދީމަގުގެ ލެކިއުޓް އަދި ޑިލައިޓް ފިހާރަ ހުންނަ ސަރަހައްދުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޖަންކްޝަނުން ފައިބަމުންދާ ނަޖިސްތައް ވަނީ ވިއްސާރައިގެ ސަބަބުން މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކާ އެކުވެފައެވެ. މީގެ ސަބަބުން މުޅި ސަރަހައްދުގައި ވަނީ ނުބައި ވަސް ހިފާ، ހިނގާބިނގާވެ އުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

އެ ސަރަހައްދުން ދަތުރުކުރި މީހަކު ކަންބޮޑުވުން ފާޅުކުރަމުން ބުނީ، މަގުމަތީގައި ދުއްވާ އުޅަނދުފަހަރުން ބުރާ ނަޖިސް ފެންގަނޑުގެ އަސަރު މަގުން ހިނގާފައިދާ މީހުންގެ ގަޔަށް ބުރަމުންދާ ކަމަށެވެ.

”މިއީ އިންތިހާއަށް ދަށު ދަރަޖައިގެ ކަމެއް. ކުޑަކުދިންނާއި އާންމުން ހިނގާބިނގާވެ އުޅޭ މިފަދަ ބޮޑު މަގަކުން މިގޮތަށް ނަޖިސް ބޭރުވާއިރު، މިއީ ބަލިމަޑުކަމެއް ފެތުރިދާނެ ސީދާ ސަބަބެއް، މާލޭގެ މޭޔަރުގެ ޒިންމާއެއް ނެތް“ މިކަން ތަޖުރިބާކުރި އާންމުރައްޔިތަކު ބުންޏެވެ.

މި ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އާއި، ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނުވާތީ އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މާލޭގެ މަގުތަކުގެ ސާފުތާހިރުކަމާއި ޖަންކްޝަންތައް ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއަކަށް ވާއިރު، މިފަދަ ނުރައްކާތެރި މައްސަލައެއްގައި ކައުންސިލްގެ ”ހިމޭންކަމާ“ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

މަޖީދީމަގަކީ ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ބޭނުންކުރާ މަގަކަށް ވާއިރު، މިފަދަ ސިއްހީ ނުރައްކަލެއް ކުރިމަތިވެފައި އޮތުމަކީ ރައްޔިތުންގެ ސަލާމަތަށް އޮތް ބޮޑު ބިރެކެވެ. އާންމުން ގޮވާލަމުންދަނީ ކަމާބެހޭ ފަރާތްތަކުން ވަގުތުން ވަގުތަށް މި މައްސަލަ ހައްލުކޮށް، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި