Saturday, 24 October 2026
Ads by

މޯދީގެ ޚުދުމުޚުތާރު ސިޔާސަތުތަކަށް ފާޑުކީ ޒުވާނުންނާ ދެކޮޅަށް އިންޑިއާ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަނީ

މޯދީގެ ޚުދުމުޚުތާރު ސިޔާސަތުތަކަށް ފާޑުކީ ޒުވާނުންނާ ދެކޮޅަށް އިންޑިއާ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ”އިހާނެތިކޮށް“ ހިތާފައިވާ ކަމަށް ބުނެ، އެގައުމުގައި ދާދިފަހުން ކުރިއަށްދިޔަ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް އެގައުމުގެ ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

Ad Image
Ads by

މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ނިމުމަކަށް އައި ”ކޮކްރޯޗް ޖަންތާ ޕާޓީ“ އިސްވެ އޮވެ ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން، ގިނަ ބައެއްގެ މައްޗަށް ފުލުހުން ވަނީ މައްސަލަތައް ރަޖިސްޓްރީކޮށް ދަޢުވާ އުފުލަން ނިންމާފައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑުވަޒީރު މޯދީއަށް ފާޑުކީ މީހުންގެ އެކައުންޓްތައް ހުއްޓުވުމާއި، އޮންލައިންކޮށް އެފަދަ ފަރާތްތަކަށް ފުރައްސާރަކުރުން އިތުރުވެފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓްކުރެއެވެ.

މި މައްސަލައާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުނީ މުޒާހަރާތަކުގެ ތެރޭގައި މޯދީއަށް ބަހުގެ ހަމަލާތައް ދީފައިވަނީ ”މަގުއޮޅިފައިވާ ކުދިންތަކެއް“ ކަމަށެވެ. އަދި އެފަދަ ހުރިހާ ކުދިންނަށް މާފުކޮށްފައިވާ ކަމަށްވެސް މޯދީ ބުނެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުގެ މި ފިޔަވަޅުތަކާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް މޯދީގެ ހައްދަުފަހަނާއެޅި ބީޖޭޕީ ސަރުކާރުން ހިންގާ އަމަލެކެވެ.

މި މުޒާހަރާތަކަކީ އިންޑިއާގެ ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުރުހުން ފާޅުކުރުމުގެ ގޮތުން ބޭއްވުނު ހަރަކާތްތަކެކެވެ. އެހެންނަމަވެސް، ބީޖޭޕީ ސަރުކާރުން ދެކޭ ގޮތުގައި މިއީ ގައުމުގެ ހަމަޖެހުން ނަގާލުމަށް ބަޔަކު ގަސްތުގައި ހިންގި އަމަލުތަކެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި