Saturday, 24 October 2026
Ads by

ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސްކަމަށް ހީނާ ވާދަކުރައްވަނީ

ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސްކަމަށް ހީނާ ވާދަކުރައްވަނީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަންހެނުންގެ ހަރަކާތުގެ ރައީސްކަމުގެ މަގާމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ވާދަކުރައްވާނެކަން އިއުލާނުކޮށްފިއެވެ.

Ad Image
Ads by

މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ ޕީއެންސީގެ މަތީ މަޖިލީހުންނެވެ.

ހީނާގެ ނިންމެވުމާއެކު، އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ފޯރި އިތުރަށް ގަދަވެފައިވާއިރު، އަންހެނުންގެ ހަރަކާތް ވަރުގަދަ ކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސްކަމަށް ކުރިމަތިލައްވާކަން ހާމަކުރައްވަމުން ހީނާ ވަނީ ޕާޓީގެ މެންބަރުންގެ ފުރިހަމަ ތާއީދަށް އެދިވަޑައިގެންފައެވެ.

ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ގައުމީ ހިދުމަތުގައި ދެމިހުންނެވި ހީނާ، މި މަގާމަށް ކުރިމަތިލެއްވުމަކީ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ހީނާ ވަލީދަކީ މީގެ ކުރިން ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންފައިވާ އަދި މިހާރުގެ ސަރުކާރުގެ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕީއެންސީން ކޮންގްރެސް ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެ ޕާޓީން މި ފަހުން ވަނީ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބު މި ފަހުން ބާއްވައިފަ އެވެ

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި