Ads by
ޚަބަރު
ލުއިސް އެންރީކޭގެ ކޯޗުކަމުގެ ދަށުން ޕީއެސްޖީ ޓީމު ފުރަތަމަ ފަހަރަށް ބަލިވެއްޖެ

މި ސީޒަނަށް ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވި ލުއިސް އެންރީކޭގެ ކޯޗުކަމުގެ ދަށުން އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

Ads by Eki Online

ޕީއެސްޖީ މިމެޗުން ބަލިވީ ރޭ ނީސް އާއި ދެކޮޅަށް ކުޅެ 3-2 ގެ ނަތީޖާއަކުންނެވެ.

ޕެރިހުގެ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ކުރިހޯދީވެސް ނީސް އިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ތެރެމް މޯފީއެވެ. އޭގެ 8 މިނެޓުފަހުން، ޕީއެސްޖީން އެއްވަރުކުރީ ކިލިއަން އެމްބާޕޭއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަރަކަށް މިނެޓުގެ ތެރޭގައި ނީސް އިން އަލުން ކުރިހޯދީ ގައެޓާން ލަބޯޑޭ ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި މޯފީ ވަނީ އިތުރު ގޯލް އެއްޖަހައި ނީސްގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. ޕީއެސްޖީ އަށް ފަރަގު ކުޑަކޮށްދިނީ މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެމްބާޕޭއެވެ.

ރޭގެ ނަތީޖާއާއެކު ޕީއެސްޖީ ވަނީ ލީގުގެ ތިން ވަނަ އަށް ވެއްޓިފައެވެ. އެއްވަނައިގައި އުޅޭ އޭއެސް މޮނާކޯ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ނީސް އޮތީ ދެވަނައިގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *