Sunday, 25 October 2026
Ads by

ޕާކިން ބިލްޑިންގްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް

ޕާކިން ބިލްޑިންގްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް

މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް އަދި ޕާކިންގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޕާކިން ބިލްޑިންގްތައް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޖުމްލަ 7 ޕާކިން ބިލްޑިންގް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ވެސް ހިމެނެއެވެ.

މި މަޝްރޫއާ ގުޅޭ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، ޕާކިން އިމާރާތްތައް އެޅުމަށް ބޭނުންވާ ބިންތައް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ މާލޭގައި ދެ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި އިމާރާތްތައް ނިމުމުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބިގެންދާނެއެވެ.

”މަގުތަކުގައި ޕާކު ކުރާ ގޮތާއި ގުޅޭގޮތުން އަމަލީ ގޮތުން ތަންފީޒުކުރާނީ މި އޮފީހުގެ ދަށުން. ޕާކު ކުރާ ގޮތް ޕިޒިކަލީ ގެންނަ ބަދަލުތަކާއި ޕާކިން ބިލްޑިން އެޅުންވެސް މިހާރު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި މާލޭގެ ބައެއް ބިންތައް ހަމަޖައްސާފައި . އެތަންތަނުގައި އިމާރާތްތައް އަޅަން ސަރުކާރުން ވަރަށް އަވަހަށް ފަށާނެ. މާލޭގައި ދެ އިމާރާތެއް އަޅާނެ.“ ރައީސް ވިދާޅުވިއެވެ.

މަގުތަކުގައި ޕާކުކުރާ ގޮތަށް ގެނެވޭ ބަދަލުތަކާއި، މިފަދަ މަޝްރޫއުތައް ތަންފީޒުކުރުމަށްޓަކައި އަލަށް އުފެއްދެވި ”ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް“ އާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް ރައީސް ވަނީ ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވީ އެ އޮފީހަކީ ދައުލަތުގެ ހަރަދު ބޮޑުކުރުމަށް އުފެއްދި ތަނެއް ނޫން ކަމަށާއި، އެތަނުގައި މަސައްކަތް ކުރާނީ މިހާރުވެސް އެކި މުއައްސަސާތަކުގައި ތިއްބެވި ތަޖުރިބާކާރު މުވައްޒަފުން ކަމަށެވެ. އަދި އެ އޮފީހަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގައި ރައްޔިތުންގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުތަކުގެ ޒަރީއާއިން މާލެ ސަރަހައްދުގެ ދަތުރުފަތުރާއި ޕާކިންގެ މައްސަލައަށް ދާއިމީ އަދި ލުއި ފަސޭހަ ހައްލެއް ހޯދައިދިނުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި