Saturday, 17 October 2026
Ads by

”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވައިފި

”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވައިފި

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރިއަށްގެންދާ ”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން، ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

Ad Image
Ads by

މި ހަރަކާތަކީ ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ އިސްނެގުމާއެކު، ހުޅުމާލޭގެ ދެކުނު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބައިވެރިކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސިލްސިލާކޮށް ކުރިއަށްގެންދާ ”މަދިރިން ރައްކާ“ ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެގޮތުން ކޮންގްރެސްޕާޓީގެ އެތެރޭގެ އިންތިޚާބު ނިމި ކޮމެޓީތައް އެކުލަވާލުމާއެކު ޕީއެންސީ ހުޅުމާލެ ދެކުނުދާއިރާގެ ކޮމެޓީއިން ވަނީ 19 ޖުލައިގައި އެޗްޑީސީއާއެކު ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ. އެއަށްފަހު ހުޅުމާލެ ދެކުނުން މިއަދު ސާފުކުރަން ހަމަޖެހިފައިވާ ދާއިރާގެ ރައްޔިތުންގެ ގެތަކަށް ވަދެ މި ޙަރަކާތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ލުއިފޮތްތަކެއް ވަނީ ބަހާފައެވެ.

”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން.. ފޮޓޯ| ވަގުތު

މިއަދު ހެނދުނު 6:45 ގައި ފެށުނު މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރާއި، އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން މޯޕާ އާއި އެހެނިހެން ޖަމިއްޔާތައް ހިމެނޭހެން ގާތްގަނޑަކަށް 150 މީހުން ބައިވެރިވިއެވެ. މި ހަރަކާތުގެ ދަށުން މިއަދު ސާފުކޮށްފައިވަނީ ހުޅުމާލޭގެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދެވެ.

އެޗްޑީސީއިން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން ރައްޔިތުން ސަލާމަތް ކުރުމެވެ. މިއަދުގެ ހަރަކާތުގައި ސާފުކުރުމުގެ އިތުރުން އެ ސަރަހައްދު ފޮގު ކުރުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފަދަ ހަރަކާތްތަކަކީ މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ރޫހު އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެޗްޑީސީއިން ފާހަގަކުރެއެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް އެޗްޑީސީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ތާވަލުކޮށްގެން ކުރިއަށްގެންދާ ފޮގު ކުރުމާއި، އާންމުންގެ ޝަކުވާތަކަށް ބިނާކޮށް ކުރާ ފޮގު ކުރުން ހިމެނެއެވެ. މީގެ އިތުރުން، ބަސް ހުއްޓިތަކުގެ ފުރާޅުތަކުގައި ފެން ހަރުލާފައި ހުރިތޯ ބަލައި ސާފުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

ވޭތުވެދިޔަ ތިން މަސްދުވަހު ކޮންމެ މަހަކު އެއްފަހަރު މުޅި ހުޅުމާލެ ފޮގު ކުރެވިފައިވާ ކަމަށާއި، މި މަސައްކަތުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ބިނާކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި