އަނިޔާވެރި ޔަހޫދީ އިސްތިއުމާރީ ދައުލަތް، އިޒްރޭލުން ކެނޑިނޭޅި ނިޒާމީ ގޮތެއްގައި ހިންގަމުންދާ ނަސްލުހޭދުގެ ތެރެއިން، ޣައްޒާ ސިޓީއަށް ދިން ވައިގެ ޙަމަލާތަކެއްގައި، އަލް-މުއްތަޤީން މިސްކިތް އެއްކޮށް ހަލާކުކޮށްލައި، އެ މިސްކިތް ކައިރީގައި ޙިމާޔަތް ހޯދައިގެން ތިބި ފަލަސްޠީނުގެ އެތައް ސަތޭކަ އާއިލާއެއްގެ ފޭލިގެތައް ވަނީ ބިމާ ހަމަކޮށްލާފައެވެ.
In Israeli airstrike destroyed Al-Muttaqin Mosque and tents sheltering displaced Palestinians in central Gaza city, leaving hundreds without shelter. The strike caused extensive damage nearby homes and civilian property pic.twitter.com/6qtCU0BGbz
— Meidas_Charise Lee (@charise_lee) July 31, 2026
ޣައްޒާ ސިޓީގެ ވައިއެމްސީއޭ ކޮމްޕައުންޑް ކައިރީގައިވާ އަލް-މުއްތަޤީން މިސްކިތަށް ދިން ޙަމަލާގައި މިސްކިތް އެއްކޮށް ހަލާކުވެ، އެ ސަރަޙައްދުގައި ތިބި އެތައް ސަތޭކަ މީހުންގެ ހިޔާވަހިކަން ވަނީ ގެއްލިފައެވެ. މީގެ އިތުރުން، ނުސީރާތު ރެފިއުޖީ ކޭމްޕުގެ ބާޒާރަކަށް އިޒްރޭލުން ދިން ޙަމަލާއެއްގައި މީހަކު ޝަހީދުވެ، 20 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން ދިން ޙަމަލާތަކުގައި ޣައްޒާގައިވާ 1,050 އަށްވުރެ ގިނަ މިސްކިތް ވަނީ އެއްކޮށް ބިމާ ހަމަކޮށްލާފައެވެ.
2023 އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޓެރަރިސްޓު ޙަމަލާތަކުގައި 45,000 އަށްވުރެ ގިނަ ފަލަސްޠީނު މުސްލިމުން ޝަހީދުވެ، 100,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ނިރުބަވެރި ސިފައިންގެ މަދަދާއެކު ހައްދުފަހަނައެޅި ޔަހޫދީ ހަރުކަށި ފިކުރު ވަޒަންވެރިން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި 800 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.












