Saturday, 17 October 2026
Ads by

މާފުށި ކައިރީގައި އަޅާފައި އޮތް ސަފާރީއެއް ތޮށިމައްޗަށް އުރި، ކުދިކުދި

މާފުށި ކައިރީގައި އަޅާފައި އޮތް ސަފާރީއެއް ތޮށިމައްޗަށް އުރި، ކުދިކުދި

މިއަދު ހެނދުނު ކުރި ގަދަ ވިއްސާރައާއި ވައިގަދަވުމުގެ ސަބަބުން، ނަގިލި ކަނޑައިގެން ގޮސް، މާފުށީ ބޭރުން ކުދިކުދިވި ސަފާރީ.. ފޮޓޯ| އެމްވީ ކްރައިސިސް

މިއަދު ހެނދުނު ކުރި ގަދަ ވިއްސާރައާއި ވައިގަދަވުމުގެ ސަބަބުން، ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް، އެ ރަށު ބަނދަރުގެ ތޮށިމައްޗަށް އުރި އެއްކޮށް ސުންނާފަތިވެއްޖެއެވެ.

Ad Image
Ads by

މި ހާދިސާ ހިނގަން މެދުވެރިވީ މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވައި ބާރުވުމުގެ ސަބަބުންނެވެ. މާފުށިން މައުލޫމާތު ދިން ގޮތުގައި، ސަފާރީގެ ނަގިލި ކަނޑައިގެން ދިޔަަތާ މާ ގިނައިރުތަކެއް ނުވަނީސް އޮޔާ ގޮސް ސަފާރީ ވަނީ ރަށުގެ ބަނދަރު ތޮށިމައްޗަށް އުރިފައެވެ. އަދި ތޮއްޓަށް އުރުނުތާ ގާތްގަނޑަކަށް 30 މިނެޓުގެ ތެރޭގައި، ރާޅުތަކުގެ ސަބަބުން ސަފާރީ ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ.

ހާދިސާ ހިނގި ވަގުތު އެ ސަފާރީގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ލަންކާއާއި ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީންނެވެ. ސަފާރީ ތޮއްޓަށް އުރުމާއެކު އޭގައި ތިބި ހުރިހާ މީހުން ވަނީ ކަނޑަށް ފުންމާލައި، ފަތާފައި ރަށަށް އަރާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރުމުގައާއި އުޅަނދުފަހަރު ބަނދަރުކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި